އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އެބަ ހިނގާ!

45eea9cb-2bee-4575-987b-61421ad93225.jpeg

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ - ފޮޓޯ:އެޗްއީއޯސީ

ރާއްޖޭގެ ސްކޫލްތަކަށް އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެބަހިނގާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ހުރިހާ ރަށްތަކަށް ފޮތްތައް ފޮނުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދާ ކަމަށާ އުއްމީދަކީ ސްކޫލް ނިމޭ ދުވަހު ދަރިވަރުންނަށް ހުރިހާ ފޮތްތަކެއް ހަމަކޮށް ދިނުން ކަމަށެވެ.

ޑރ. އައިޝަތު ވިދާޅުވީ، ޖޫން 24 ގައި ބޮޑު ބަންދު ފެށޭނެ ކަމަށާއި އެކަމާ ގުޅިގެން މިހާރު ކުރަމުން ދަނީ އަންނަ އަހަރުގެ އެކެޑެމިކް އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތާއި ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ކަމަށެވެ.

އަންނަ އަހަރު ސްކޫލަށް ދަރިވަރުން ވައްދަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު ޖޫން އިން ފަށައިގެން ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ދުވަސްކޮޅުގައި ވެސް ދަރިވަރުންގެ ކިޔެވުން ހުއްޓުވިޔަ ނުދީ ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ސްކޫލްތަކުގެ މުވައްޒަފުންނާއި އެކަމަށް އެހީތެރިވެދެއްވާ ބޭފުޅުންގެ މަސައްކަތް ފާހަގަކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top