ބޮޑުފިނޮޅުގައި އިމިގްރޭޝަން، އިކޮނޮމިކް މިނިސްޓްރީ, ލޭބަރ އޮތޯރިޓީ.

CMTQ5Eb1hfnQIKjNBiouw61J2xlelIz9LPwDiYX5.jpeg

ތުޅާދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައި މިދިޔަ ބުރާސްފަތި ދުވަހާއި އެދުވަހުގެ ރޭ ހިންގި ހަމަނުޖެހުމާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަން އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ އިތުރުން ލޭބާ އޮތޯރިޓީ އަދި ޕަބްލިކް އިންޓްރެސް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން އެ ރަށުގައި ހަރަކާތެރިވަމުން އެބަގެންދެއެވެ.

ޕީއައިއެލްސީން އެރަށުގައި ހަރަކާތެރިވަމުން ދަނީ ބިދޭސީންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އެހެން މުވައްސަސާތަކުން ދަނީ އެރަށުގައި ތިބި ބިދޭސީންނާއި ބައްދަލުކޮށް އެފަރާތްތަކުން ބޭނުންވާ މައުލޫމާތު ސާފުކުރަމުންނެވެ.

ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ ޖަމްއިއްޔާއަކުން ހަރަކާތްތެރި ވަމުންދާއިރު، ބޮޑުފިނޮޅުން އިއްޔެ ހައްޔަރުކުރި 19 ބިދޭސީންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންތަކެއް ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ.

ބިދޭސީން ހަމަނުޖެހުން ހިންގީ، އެމީހުންނަށް ހަތް މަސް ދުވަސް ވަންދެން މުސާރަ ނުދިނުމާއި ގުޅިގެން އިހުތިޖާޖު ކުރުމަށް ފަހުގައެވެ. އަދި އެބިދޭސީން ވަނީ 14 ދިވެހިން އެތަނުގައި ރަހީނު ކޮށްފައިވ ބަހައްޓާފައެވެ.

ބޮޑު ފިނޮޅުގައި ހަމަ ނުޖެހުން ހިންގުމާއި ގުޅިގެން އެންމެ ފުރަތަމަ އެމައްސަލަ ބެލުމަށް ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންތަކެއް ވަނީ އެތަނަށް ގޮސްފައެވެ. ނަމަވެސް ފުލުހުންގެ ގަޔަށް ބިދޭސީން އޮށްގަލާއި ދަނޑިބުރި އުކި ކަމަށާއި އެކަމުގެ ސަބަބުން ފުލުހެއްގެ ބޯ ވެސް ފަޅައިގެން ގޮސްފައިވާ ކަމަށް، ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހްގީގު ޓީމެއް ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއެކު އެރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް އެރަށުގައި ތިބި ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top