8 ވަނަ ފިޝްކޭމްޕް ތުޅާދޫގައި ފެށިގެން ކުރިއަށް

14721500779682.jpg

ފިޝްކޭމްޕް8 ފެށުމުގެ ރަސްމިއްޔާތު . ފޮޓޯ : ޕީއެސްއެމް

މެރިން ސައިންސް ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީވުމުގެ ގޮތުން މިނިސްޓްރީއޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ބާއްވާ 8 ވަނަ ފިޝްކޭމްޕް ތުޅާދުގައި ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ބާއްވާ މި ކޭމްޕުން ދަރިވަރުންނަށް ސްކޫލްގައި ޢަމަލީ ތަޖުރިބާ ނުލިބޭ އެކި ފިލާވަޅުތަކުގެ ތަޖުރިބާ ހޯދައިދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ

ފިޝަރީޒް މިނިސްޓްރީން ބުނީ މި ދަރިވަރުންނަށް މަސްވެރިކަމާއި، މަހާގުޅުންހުރި މޫދުގެ އެކި ކަންކަން އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިދެވޭނެ ކަމަށާއި އެގޮތުން މިކޭމްޕްގައި ދަރިވަރުން ހޯދާ ޢަމަލީ ތަޖުރިބާ އެ ދަރިވަރުންގެ އިމްތިޙާން ތަކަށާއި ޢާންމު ދިރިއުޅުމަށްވެސް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށްކަމަށެވެ.

ތުޅާދޫ ސްކޫލްގެ އިތުރުން ދޮންފަނު ސްކޫލާއި ކަމަދޫ ސްކޫލުން ޖުމްލަ 30 ދަރިވަރުން ބައިވެރިވާ މި ކޭމްޕް ކުރިއަށް ދާނީ މި މަހުގެ 28ގެ ނިޔަލަށެވެ.

މި ކޭމްޕްގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮފިސަރުންނާއި ފިޝަރީޒް މިނިސްޓްރީގެ ކަމާބެހޭ ތަޖުރިބާކާރުންނާއި މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ޙަރަކާތްތެރިވާ ތަފާތު އެކި ފަރާތްތަކާއި ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަވާ މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުންނެވެ. މީގެ އިތުރުން ދަރިވަރުންގެ މެޑިކަލް ކަންތައްތަކުގައި މޯލްޑިވިއަން ރެޑްކްރެސެންޓްގެ މާލޭ ބްރާންޗްގެ ބޭފުޅުން ޙަރަކާތްތެރިވާއިރުް  މި ފަހަރުގެ ފިޝް ކޭމްޕް ސްޕޮންސަރ ކޮށްފައިވަނީ ސޮނޭވާފުށި ރިސޯޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top