ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ނިންމައިފި

l_2022_03_06_112449_5yefr6sk8z7to2jdaql4gmuihvwn913bxcp_EN_.jpg

ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ބީއެމްއެލް ބޯޑުން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކުން މި ބަދަލު ގެންނަން ޖެހުނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރަން ވެސް ނިންމާފައިވާ ކަމަށް ބުންޏެވެ.

ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް މިހާރު ކުރެވެނީ 250 ޑޮލަރާ ހަމައަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ބޭނުން ކުރެވެނީ މަހަކަށް 750 ޑޮލަރެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ. އެ ލިމިޓު ކަނޑައެޅިތާ ހަތަރު އަހަރުވީއިރު ވެސް ޑޮލަރު ބޭނުން ކުރެވޭ އަަދަދު ބޮޑު ނުކުރާތީ ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާނެ ކަމަށް، ސަރުކާރުން ޖެނުއަރީ މަހު އިއުލާންކުރިއެވެ. ނަމަވެސް އެ ބަދަލު ގެނެވިފައިނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top