މި އަހަރުގެ މަސްވެރިންގެ ދުވަސް ތުޅާދޫގައި

big_7g181AwqIXi4TqfgxJDWzJ2j1-800x450-800x450.jpg

ތުޅާދޫ

މި އަހަރުގެ މަސްވެރިންގެ ދުވަސް ބ. ތުޅާދޫގައި ފާހަގަކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

އެ ދުވަސް ފާހަގަކުރުމަށް ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ޓީމެއް މިހާރު އަންނަނީ ތުޅާދޫގައި ހަރަކާތްތެރިވަމުންނެވެ. ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބު އިސްކޮށް ހުންނެވި މިޓީމް މިހާރުވަނީ އެރަށު ކައުންސިލާއި، ސްކޫލާއި އަދި ސިއްހީ މަރުކަޒާއެކު ރަސްމީ ބައްދަލުވުން ތަކެއް ބާއްވާފައެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރަސްމީ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މަސްވެރިންނާ ވެސް ބައްދަލުކުރަން ވެސް ހަމަޖެހިފައެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 އެވެ. އެ ދުވަސް ފާހަގަކުރަން ފެށީ 1989 އިން ފެށިގެންނެވެ.

މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރީ މާލޭގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top