ސަމާލު! މިއަދުވެސް ބޯކޮށް ވާރޭ ވެހޭނެ

DSCN9667.jpg

މޫސުން ގޯސް ދުވަހެއް---އީވީ ފޮޓޯ

މިއަދުވެސް މެދުރާއްޖެ ތެރެއާއި އުތުުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އަންގައިފިއެވެ.

އިއްޔެއަކީ ވެސް ރާއްޖޭގެ އުތުރަށާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ދުވަހެކެވެ.

މެޓް އޮފީހުން ވިދާޅުވީ، މިއަދު ހައެއް ޖެހުމާއި ހަމައަށް މެދު ރާއްޖެތެރެ އާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ބަައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ގަޑިއަކު އަށް މޭލާއި 18 މެލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ރާއްޖޭގެ ކަނޑުތުއް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top