ކެންޑިޑޭޓުންގެ ބަސް : ހައްވާ ސަމީހާ

17759996_105489556667809_2734161941223039851_n.jpg

ކެންޑިޑޭޓްގެ ތައާރަފް :

ބ.އޭދަފުށީ އަސަރީގޭ ހައްވާ ސަމީހާ (ހައްވަ )އަކީ އޭދަފުށީގެ އިޖްތިމާއީ ދާއިރާގައި އާ ނަމެއް ނޫނެވެ. ޚާއްސަކޮށް ރަށުގެ އަންހެނުން ބައިވެރިވާ ކޮންމެ މަސައްކަތެއްގައި ހައްވަގެ ބައިވެރިވުން ބޮޑު ކަމުގައި ދެންނެވިދާނެއެވެ. މީގެ އިތުރުން ހައްވައަކީ އޭދަފުށީ ފަސްމުގޫ ގްރޫޕްގެ އެއް މުގުލެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

އޭދަފުށީގެ ތަރައްގީގައި އަންހެނުންގެ ހިއްސާ ބޮޑު ކުރުމަށާއި ރަށުގެ ތަރައްގީ އެތައް އަހަރެއްގެ ފަހަތަށް ގޮސްފައިވާތީ ރައްޔިތުންގެ އަތުގައި ހިފައިގެން ރަށް ތަރައްގީ ކުރެވޭތޯ މަސައްކަތް ކުރުމުގެ އަޒުމްގައި

ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވީ ކީއްވެގެންތޯ ؟

އަޅުގަނޑަކީ ޕީޕީއެމްގެ މެންބަރެއް. ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ނުކުތީ ސަރުކާރު ހިންގާ ޕާޓީއަކީ ޕީޕީއެމް ކަމަށް ވެފައި ސަރުކާރު ޕާޓީ ވީމާ މަސައްކަތް ކުރަން ފަސޭހަ ވާނެތީ. ހަމައެއާއެކު ރަށުގެ ކަންކަން އިސްލާހުކުރުމާއި އާ ޚިޔާލުން އުފަންވާ ތަރައްގީގެ ޕްލޭން ހުށަހެޅުމުގައި ސަރުކާރުގެ އާނ ބަސް ލިބުން ފަސޭހަ ވެފައި އެކަމަށް ހޭދަކުރަންޖެހޭ ވަގުތު މަދު ވާނެތީވެ.

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލުގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުނީގެ މައްސަލަ ރައްޔިތުންނާ ވާހަކަ ދައްކައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ހައްލުކުރުމަށް މަސައްކަތް ކުރުން.

ރައްޔިތުންގެ މާލިއްޔާއަށް ފައިސާ ލިބޭނެ އާ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ މަސަައްކަތް ކައުންސިލްގެ އެއްބާރުލުމާއެކު ކުރުން

އަންހެނުންނަށް އަމާޒުކޮށްގެން އެކަނބަލުންގެ ދިރިއުޅުމަށް ފައިދާހުރި މަސައްކަތްތަކެއް ތައާރަފް ކޮށްދިނުމާއި ރަށު ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުން (ކައުންސިލްގެ އެއްބާރުލުމާއެކު )

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ: 

އަޅުގަނޑު ހޮވައިދެއްވާ! އަޅުގަނޑަކީ އެއްވެސް ނުފޫޒެއްގެ ދަށުގައި ބެނދެވިގެން ހުންނާނެ މީހެއް ނޫން. ހަމަގައިމުވެސް އަންހެނުން ބާރުވެރި ކުރުވުމާއެކު އަންހެނުންނަށް އާށމްދަނީ ލިބޭނެ އިތުރު މަގެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top