އޮޅުވެލިފުށި ބަލިކޮށް އޭދަފުށި ފައިނަލަށް

DSC_0325.jpg

އޮޅުވެލިފުއްޓާ އޭދަފުށި ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: އީޓީ

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މިނިވަން ޗެންޕިއަންޝިޕް ޒޯން 3 މިއަހަރުގެ މުބާރާތުގެ ފައިނަލްގެ ފަހުޖާގަ އޭދަފުށި ފުޓްބޯޅަ ޓީމް ހޯދައިފިއެވެ

އޭދަފުށި ފައިނަލުން ޖާގަހޯދީ އިއްޔެ ޅ. އޮޅުވެލިފުށީގައި އެރަށު ޓީމާ ދެކޮޅަށް ކުޅުނު މެޗް 1-0 ގެ ނަތީޖާއަކުން ކަމިޔާބުކޮށް ޕޮއިންޓް ޓޭބަލްގެ 1 ވަނަ ހޯދައިގެންނެވެ. 3 ޓީމް ވާދަކުރާ މިމުބާރާތުގެ ފައިނަލަށް ދެން ދަތުރުކުރީ އޮޅުވެލިފުށި ޓީމެވެ. އެރަށުޓީމުން ވަނީ ހޮނިހިރުދުވަހު އުނގޫފާރު ފުޓްބޯޅަޓިމް 2-0ން ބަލިކޮށްފައެވެ.

އިއްޔެ އޮޅުވެލިފުށިގައި ކުޅުނު މެޗް އޭދަފުށި ކާމިޔާބުކުރީ މެޗްގެ ފުރަތަމަ ހާފުގައި ފޯވާޑް އަބްދުލް ސަލާމު އަހުމަދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އޭދަފުށީގެ 5 ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑް ދައްކާފައެވެ.

އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރާ ފައިނަލަށް މެޗް އޮންނާނީ މިމަހު 27 ވާ ބުރާސްފަތި ދުވަހު ހަވީރު އޮޅުވެލިފުށި ފުޓްބޯޅަ ދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top