ސައްޓުއާ، މަޖިއްޓޭ ހުއްޓުވަން ހަތިޔާރު ބޭނުން ކުރާނަން – އޮޅުވެލިފުށީ ކޯޗް

Foak-1-1.png

ސައްޓު މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށީ ޓީމަށް ކުޅެނީ. ސައްޓު ހިފަހައްޓަން މަސައްކަތްކުރާނެކަމަށް އޮޅުވެލިފުށީ ޓީމުން ބުނޭ / ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އޭދަފުށީ ފުޓްބޯޅަ ޓީމަކީ މޮޅު ޓީމެއް ކަމަށާ، އެޓީމް ހުއްޓުވަން އޮޅުވެލިފުށީގައި ހުރި ހުރިހާ ހަތިޔާރެއް މާދަމާ ބޭނުންކުރާނެކަމަށް އޮޅުވެލިފުށީ ފުޓްބޯޅަ ޓީމްގެ ކޯޗް ބުނެފިއެވެ.

މެޗްގެ ކުރިން މިރޭ އޭދަފުށީ ވޮއިސްއާ ވާހަކަ ދައްކަމުން އޮޅުވެލިފުށީ ފުޓްބޯޅަ ޓީމްގެ ކޯޗް އަބްދުއްރަޝީދު ރަޝާދު ބުނީ ޓީމް ފައިނަލަށް ގޮސްފައިއޮތަސް މާދަމާގެ މެޗުން 3 ޕޮއިންޓް ހޯދަން ބޭނުންވާކަމަށެވެ. އޭނާ ބުނީ އޭދަފުށީ ޓީމް ބަލިކުރެވޭނީ އެޓީމްގެ އެޓޭކް މައިތިރިކޮށްގެން ކަމަށާ، ސައްޓުއާ، މަޖިއްޓޭއަކީ އެޓީމުން ވަރަށްބޮޑަށް ބަލަހައްޓާނެ 2 ކުޅުންތެރިންކަމަށެވެ.

“ސީދާ ތިންޕޮއިންޓަށް ހަމަ ނުކުންނާނީ. ވަރަށް މޮޅު ޓީމެއް އޭދަފުއްޓަކީ، ޚާއްސަގޮތެއްގައި އަރިމަތިންކުޅޭ ކުޅުންތެރިން. ސައްޓު ފާހަގަކޮށްލެވޭ. މަޖިއްޓޭވެސް މޮޅު. އެޓޭކް ހުއްޓުވަން މިދެކުޅުންތެރިން މައިތިކުރަންޖެހޭނެ. އެހަތިޔާރު އޮޅުވެލިފުށިން ލިބޭނެ. އެކުޅުންތެރިން ހުއްޓުވޭނެ.” ރަޝީދު ބުންޏެވެ.

ރަޝީދު ބުނީ އޮޅުވެލިފުށީ ޓީމް މިފެންވަރުގެ މުބާރާތަކަށް ކޮލިފައިވީ މިއީ ފުރަތަމަ ފަހަރުކަމަށާ، ޓީމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ބޭނުންވާނެކަމަށެވެ.

މެޗްގެ ކުރިން އޭދަފުށީ ޓީމްގެ ކޯޗް ބައްޓޭބުނީ މެޗާބެހޭގޮތުން މީޑިޔާއަށް މިވަގުތު އެއްވެސް ކޮމެންޓެއް ދެވެން ނެތްކަމަށާ، މީޑިޔާއާ ވާހަކަދެއްކޭނީ މުބާރާތަށްފަހުކަމަށެވެ.

“ނޯ ކޮމެންޓް. މަސްލަހަތައްޓަކައި މިވަގުތު އެއްވެސް އެއްޗެއް ބުނެވޭކަށްނެތް. ސޮރީ. އައި އޭމް ސޮރީ” ބައްޓޭ ބުންޏެވެ.

މިނިވަން ޗެންޕިއަންޝިޕް ޒޯން 3 މުބާރާތުގައި އޭދަފުއްޓާ އޮޅުވެލިފުށީ ބައްދަލުކުރާ މެޗް އޮންނާނީ މާދަމާ ހަވީރު އޮޅުވެލިފުށީ ފުޓްބޯޅަދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top