ޔުނައިޓެޑްވީ ބަލިކޮށް އެމްއޭ ޔުނައިޓެޑް ނެޓްބޯޅަ ތަށި ހޯދައިފި

DSC_2176.jpg

އެމް އޭ ޔުނައިޓެޑް ތައްޓާއެކު - ފޮޓޯ : ބީކޭ

އެއްވެސް މެޗަކުން ބަލިނުވެ ބީކޭ ނެޓްބޯޅަ މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރު ކުރި ޔުނައިޓެޑްވީ އައީ ފައިނަލް މެޗުންވެސް މޮޅުވާނެކަމަށް އުއްމީދު ކޮށްގެންނެވެ. ދަނޑަށް އެރީވެސް އެ ޔަގީން ކަމުގައެވެ. އެކަމަކު އެމްއޭ ޔުނައިޓެޑް ގެ ކުރިމަތީގައި މިއަދު ޖެހުނީ ހަމަރީތިކޮށް ކުޑަކަކޫ ޖަހަން ކަމުގައި އެޓީމްގެ ކުޅުންތެރިއަކު ބުނިބަސް ދިމާވެއްޖެއެވެ.  23-25ން ޔުނައިޓެޑް ވީ ބަލިކޮށް އެމްއޭ ޔުނައިޓެޑް ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ގެ މެޗް ފެށިގެން ތިންވަނަ ކްއާޓަރ ނިމުނުއިރުވެސް ދެޓީމްގެ ކުޅުން ފެނުނީ ވަރަށް ހަމަހަމަ ގޮތެއްގައެވެ. ނަމަވެސް ހަތަރުވަން ކްއާޓަރ ނިމެން އުޅެނިކޮށް އެޓީމަށް ގެނައި ބަދަލަކާ ގުޅިގެން އޭގެ އެޑްވާންޓޭޖް އެމްއޭ ޔުނައިޓެޑް ނެގީކަމަށް މި މެޗުގެ ކުޅުން ދިރާސާކުރި އީވީގެ ކުޅިވަރު ޚަބަރުތަކާބެހޭ ބެހޭ މުރާސިލް މައުލޫމާތު ދެއެވެ.

މި މުބާރާތް ޝަރަފްވެރިކޮށްދެއްވައި މެޑެލް އާއި ތަށި ހައްގުވާ ފަރާތްތަކަށް ހަވާލުކޮށްދެއްވީ އޭދަފުށީ ކައުންސިލްގެ ކައުންސިލް މެންބަރު ޝަމްލާ އަބްދުﷲ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާލިޔާ – ފޮޓޯ :ބީކޭ

ކުޅުނު އެއްވެސް މެޗަކުން މޮޅު ކުޅުންތެރިޔާގެ މަގާމް ނުލިބި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ޔުނައިޓެޑް ވީގެ އާމިނަތު އާލިޔާ އަށެވެ.

ފައިނަލު މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ ޔުނައިޓެޑް ވީގެ ފާތުމަތު ނައުފާއެވެ.

ފައިނަލް މެޗްގެ ކްއީނ ް އޮފް ދަ މެވަކަށް ހޮވުނު ނައުފާ – ފޮޓޯ : ބީކޭ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. މީގެ އިތުރުން ގޭޓްވޭ މޯލްޑިވްސް އާއި ފަސްމުގޫ އަދި ގޯފުޑް ކެފޭއިން ވެދެއްވި އެހީތައް ބީކޭ އިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top