ވޯޓުުލުން ކުރިއަށްދަނީ. ތަރުހީބު ކުޑަ!

b_AiOp5uwyQ0VucVsb3WDFmWOav.jpg

ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރއިން ---ވަން ފޮޓޯ

ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން މުޅި ރާއްޖޭގައި ފެށިގެން ކުރިއަށް ދާއިރު އޭދަފުށީގައި ވެސް ކުރިއަށް އެބަދެއެވެ.

މިގޮތުން ހެނދުނު 7:00 އިން ފެށިގެން ރާއްޖޭގެ އެންމެ ދެރަށް ފިޔަވައި އެހެން ރަށްރަށުގައި ވަނީ ވޯޓުލާން ފަށާފައެވެ.

ހީކުރި ގޮތާ ޚިލާފަށް މި ފަހަރު ވޯޓު ލުން ފެށިގެން ކުރިއަށް ދަނީ ވަރަށް ފޯރި ކުޑަކޮށްަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވޯޓުލުން ފަށާ ގަޑިއެއްގެ ގޮތުގައި ހެނދުނު 7:00 ކަނޑައަޅާފައިވީ ނަމަވެސް، ހެނދުނު 8:20 ވީއިރު 195 ފޮއްޓެއްގައި ވޯޓުލުން ފެށިފައި ނުވަނީ އެރަށްރަށުގައި ވޯޓުލާން ދާނެ ބަޔަކު ނެތިގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލަކު ވިދާޅުވީ މިއަދު 11:00 ޖެހުމާ ހަމައަށް ވޯޓު ލީ އެންމެ 17 އިންސައްތަ މީހުން ކަމަށެވެ. އެއީ 44،026 ވޯޓެވެ. މިއީ ކުރީގެ އިންތިހާބުތަކާ އަޅާބަލާއިރު މަދު އަދަދެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި ނިސްބަތުން ބަލާއިރު އަންދާޒާކުރެވެނީ ވޯޓު ލާނީ 38-40 އިންސައްތަ މީހުން ކަމަށް އީސީން ވިދާޅުވިއެވެ. އެކަމަކު ވޯޓުލާ މީހުން ހަވީރު ވަގުތު އިތުރުވެދާނެ ކަމަށް އީސީން ލަފާ ކުރެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 7:00 އިން 5:00 އަށެވެ. އަދި ހަވީރު 5:00 އިން ހަވީރު 6:00 ހާއްސަކޮށްފައި އޮތީ ކަރަންޓީންގައި ތިބި މީހުންނާއި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން ވޯޓުލުމަށެވެ.

އޭދަފުށީގައި މިފަހަރު ވޯޓުފޮށި ބަހައްޓާފައިވަނީ ރަށުގެ ދެ ސަރަހައްދުގައި ތިން ފޮއްޓެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި 2 ފޮށި އަދި މަލްޓިޕާޕަސް ހޯލުގައި 1ފޮއްޓެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top