އެސްޓީއޯއިން ފިޔާ އެތެރެކޮށް، ވިއްކަން ފަށައިފި

IMG_6441-1024x685-1.jpeg

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ފިޔާ އެތެރެކޮށް، ކޮންޓްރޯލް އަގެއްގައި ހޯލްސޭލަރުންނަށް ފިޔާ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކުރުމުގެ ސަބަބުން، ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވާ ކަމަށެވެ. އެގޮތުން މިހާރު، ރާއްޖޭގެ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު ހުރީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގައި ކަމަށް އެސްޓީއޯ އިން ކަމަށާއި ފިޔާ ބަސްތާގެ އަގު އެހާ މައްޗަށް އުފުލުމުން އެކަމުގެ ޝަކުވާ އެސްޓީއޯއަށް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން މިހާރު ވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް ފިޔާ އެތެރެކުރަން ފަށާފައެވެ.

އެސްޓީއޯ އިން މިއަދު ބުނީ ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެތެރެކޮށްފައިވާ ކަމަށާއި މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށެވެ.

”ވިޔަފާރިތަކަށް ފިޔާ ދޫކުރަނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް، ޝަރުތު ކުރުމަށް ފަހުއެވެ. އެސްޓީއޯއިން އިލްތިމާސް ކޮށްފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ބޮޑު ނުވާނެ އަގެއްގައި ވިއްކުމަށެވެ..،“ އެސްޓީއޯއިން ބުންޏެވެ.

އެކަމުގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުން ކަމަށާއި ފިޔާގެ ސަޕްލައި ޝޯޓޭޖު މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓްރޯލްވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top