ދަތިތަކާއެކުވެސް ކާމިޔާބު ހޯދާނަން- ޕީޕީއެމް

90E5DFBB-1D4B-4233-94EB-6390F2475912-850x548.jpeg

މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިމާވެފައިވާ ދަތިތަކާއެކުވެސް ކާމިޔާބު ހޯދާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އބުނެފި އެވެ.

ޕީއެންސީގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވި ގޮތުގައި ޕީޕީއެމުން އިންތިހާބު ކާމިޔާބު ކުރުމަށް އެދިވަޑައިގަންނަވަނީ އެންމެ ކަމަކަށެވެ. އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށެވެ.

“މިނިވަން އިންސާފުވެރި އިންތިހާބެއް މިފަހަރު ބޭއްވެއްޖިއްޔާ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ބޮޑު ތަނުން އެމްޑީޕީ ބަލިކުރާނަން. ބޮޑުތަނުން ބަލިކުރާނަން،” އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީއަށް އަމާޒުކޮށް އަބްދުއްރަހީމް ވިދާޅުވީ “މިމީހުންނަކީ އިންތިޚާބު ވަގަށް ނަގަން ވަރަށް ފަރިތަ ބައެއް” ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް ވަގަށް ނެގި ކަމަށް އަބަދުވެސް ކުރާ ތުހުމަތު އޭނާ ތަކުރާރުކުރެއްވި އެވެ.

މިފަހަރު އިންތިޚާބާ ކުރިމަތިލާއިރު އެމްޑީޕީގެ އަތުގައި ހުރިހާ ބާރެއް އޮތުމުން އިންތިހާބު ވަގަށް ނަގަން ފަސޭހަ ވާނެ ކަން ވެސް ފާހަގަކުރައްވައި ވިދާޅުވީ އިންތިހާބު ވަގަށް ނުނަގައިފިނަމަ މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އޮތް ކަމަށެވެ. ހަމައެއާއެކު އަތޮޅު ކައުންސިލް ތަކުގެ ތިންބައިކުޅަ ދެބައި އަދި ސިޓީ ކައުންސިލްތަކުގެ 50 އިންސައްތަ ޕީޕީއެމް ހޯދާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ކެމްޕޭނަށް އެންމެ މުހިއްމު އެކައްޗަކީ ހަރަދުކުރާނެ ފައިސާ ކަމަށެވެ. އަބްދުރަހީމް ވިދާޅުވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމް އަށް ލިބެންޖެހޭ 16 ވަރަކަށް މިލިއަން ރުފިޔާ ހިފަހައްޓާފަ އެވެ. ކޮވިޑް 19 އާ ގުޅުވާފައި އިދިކޮޅު ބޭފުޅުން ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމަށް އެޗްޕީއޭ އިން ހުއްދައެއް ނުދެއްވަ އެވެ. އެކަމަކު ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި، އެމްޑީޕީއަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ބޭނުން ވަގުތަކު ރަށްރަށަށް ގޮސް ކެމްޕޭން ކުރެއްވި އެވެ. ސަރުކާރުގެ އެ އަމަލަކީ ކެމްޕޭނަށް ހުރަސް އަޅައި ތަފާތު ކުރުން ކަމަށް އަބްދުއްރަހީމް ސިފަކުރައްވަ އެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ކެމްޕޭނެއް ނިމިގެންދާއިރު އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ހުންނެވުމެވެ. އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގު ހުކުމެއްގަ އެވެ. މިހުރިހާ ސަބަބުތަކާ ގުޅިގެން މާދަމާ ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އަބްދުއްރަހީމް ގަބޫލުކުރައްވަ އެވެ.

“މިއީ މިނިވަން އިންސާފުވެރި އިންތިހާބެކޭ ބުނެވޭކަށް ނެތް އަޅުގަނޑުމެންނަކަށް. މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށްވަންޏާ ޖެހޭނެ އިންތިހާބާ ބެހޭ ގާނޫނުގައި ބުނާ ހަމަހަމަ ފުރުސަތު އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ފަރާތްތަކަކަށް ވެސް ލިބެން. އެހެންވީމާ އެ ނުލިބުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،” އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް އިން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖެއްގެ ގޮތުގައި އޭނާ އެދިވަޑައިގެންނެވީ ދިވެހިން ދިވެހިންގެ ގޮތުގައި ކުރިއަށް ދިއުމަށް އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ޕީޕީއެމަށް މި އިންތިހާބުގައި ފުރުސަތު ދެއްވުމަށެވެ. ރައްޔިތުންގެ ހައްގުގައި ޕީޕީއެމް އަޑުއުފުލާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

“މިފުރުސަތުގެ ބޭނުން ނުހިފައިފިއްޔާ ދެން އަޅުގަނޑުމެންނަކަށެއް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ދެން އަޅުގަނޑުމެންނަށް ޖެހޭނީ ބަޔަކު ދިނިއްޔާ ކައިގެން ބަޔަކު ބުނިކަމެއް ކޮށްގެން އަޅުވެތިކަމުގައި އުޅެން. ދެން އަޅުގަނޑުމެންގެ ލޮލަށް ފެންނަމުން ދާނީ އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫން. އެހެންވީމާ ދިވެހި ގައުމަށް ލޯބިކުރާ ކޮންމެ ދިވެހި ރައްޔިތެއްގެ ވޯޓު މިފަހަރު ޕީޕީއެމްއަށް މިއީ މަގޭ ރާއްޖޭގެ ކެންޑިޑޭޓޫންނަށް، ރުކަށް ދެއްވާށޭ އަޅުގަނޑު ދަންނަވާނީ،” އަބްދުއްރަހީމްގެ މެސެޖު ވިދާޅުވެ ދެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top