ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ތުޅާދޫގައި ގާއިމް ކޮށްފި

245054_3_3ddb38c84aa6dd7620eb4d4c10a999b726428a97_medium.jpg

ބީއެމްއެލް އިން ތުޅާދޫގައި ގާއިމް ކޮށްފައިވާ ސާވިސް ސެންޓަރު --ފޮޓޯ /ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް ސެންޓަރެއް ބ.ތުޅާދޫގައި ގާއިމުްކޮށްފިއެވެ.

ބީއެމްއެލްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ތުޅާދޫ އާއެކު ލ.މާވަށުގައިވެސް މިއަދުވަނީ މި ޚިދުމަތް ތައާރަފް ކޮށް ޚިދުމަތް ދޭން ފަށާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލްގެ 45 ސެލްފްސާވިސް ސެންޓަރުގެ ހިދުމަތް ދެމުން ގެންދެއެވެ.

ސެލްފް ސާވިސް ސެންޓަރުތަކުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ޚިދުމަތް ލިބުން ހިމެނޭކަމަށް އެބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރުތަކަކީ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ދިނުމަށް އެ ބޭންކުން 300 މިލިއަން ރުފިޔާ އިންވެސްޓު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

“ތުޅާދޫ އަދި މާވަަށުގެ ރައްޔިތުންނަށް ޒަމާނީ ސެލްފްސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް ބޭންކިން ޚިދުމަތް ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް. ” ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރުމަށް ރާއްޖޭގެ އެކި ރަށްތަކުގައި ކޭޝް އޭޖެންޓުންނާއި ޕީއޯއެސް މާޗަންޓުންގެ އިތުރުން އޭޓީއެމްތައް ވެސް ވަނީ އަންނަނީ ގާއިމްކުރަމުންނެވެ.  އެގޮތުން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 45 ސެލްފްސާވިސް ބޭންކިން ސެންޓަރު 107 އޭޓީއެމް، 5400 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިން ޚިދުމަތް ބީއެމްއެލް އިން އަންނަނީ ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top