ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ތަމްސީލު ކުރާނީ ޔުނައިޓެޑް ވީ

footsall.jpg

ގޯލްޑަން ފުޓްސަލް ޗެލެންޖް، ފުޓްސަލް މުބާރާތުގައި މިފަހަރުވެސް އޭދަފުށި ތަމްސީލު ކުރަނީ ޔުނައިޓެޑް ވީ އިން ކަމަށް އެކްލަބުން ބުނެފިއެވެ.

ފާއިތުވި 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ގައިވެސް އޭދަފުށިން ބައިވެރިވެފައިވަނީ އޭދަފުށީގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިން ތަކެއް ހިމެނޭ ޔުނައިޓެޑްވީ އެވެ.  މިމުބާރާތުގައި އޭދަފުށީގެ އިތުރުން ބ.އަތޮޅުން ވާދަކުރަނީ ތުޅާދުއާއި ހިތާދު އެވެ.

މި މުބާރާތުގައި މީގެ ކުރިންވެސް ޔުނައިޓެޑް ވީ ވަނީ ރަނގަޅު ކާމިޔާބުތަކެއް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރު މި މުބާރާތުގައި އަލަށް ބައިވެރިވެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރިއެވެ.ސެމީގައި އޭދަފުށި ބަލިވީ ޕެނަލްޓީ ޖަހައިގެން މާފަންނުއާ ވާދަކޮށެވެ. 2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު ފައިނަލުގައި ބަލިވީ ތިމަރަފުށި އަތުންނެވެ. އެކަމަކު 2014 ވަނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ހާފް އައިލެންޑް ފުޓްސަލް ކަޕް އޭދަފުށި ވަނީ ކާމިޔާބުކޮށްފަ އެވެ. އެފަހަރުގެ ފައިނަލުގައި އޭދަފުށި މޮޅުވީ ހއ. ނައިވާދޫއާ ވާދަކޮށެވެ.

ޔުނައިޓެޑް ވީ އިން ބުނީ ވަރަުގަދަ ޓީމެއް އެކުލަވައިލެވިއްޖެ ކަމާއި މުބާރާތަށް ފަަރިތަ ކުރުން ރޭ ފަށާފައި ވާކަމަށެވެ.

މުބާރާތަށް ފަތިރަކުރުމަށް ހާއްސަ ޖާޒީއެއް ތައްޔާރުކޮށްފައިވާ އިރު ޕްރެކްޓިސް ޖާޒީ އާއި އޮފިޝަލް ޖާޒީ ޔުނައިޓެޑް ވީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ސަޕޯޓަރުންނަށް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެކްލަބުން ބުނެއެވެ.

ފުޓްސަލް ޓީމު، ސްޕޮންސަރުންނަށް މިހާރު ހުޅުވާލާފައިވާއިރު، ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކުން 7959612 ނަންބަރަށް ގުޅުމަށް ޔުނައިޓެޑް ވީ އިން ވަނީ އެދިފަ އެވެ.

މުބާރާތުގައި އޭދަފުށީ ވާދަކުރާ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 04 ވަނަ ދުވަހުގެ ރޭ ތުޅާދޫއާ ދެކޮޅަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top