ސާފުރާއްޖެ މަހާސިންތާ އޭދަފުށީގައި ކުރިއަށް ދަނީ

22851922_1986985854914205_2642981793425189975_n.jpg

ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން ސަރަހައްދީ ފެންވަރުގައި ބާއްވާ ސާފުރާއްޖެ މަހާސިންތާ އޭދަފުށީގައި ފަށައިފިއެވެ. އިއްޔެފެށި މި މަހާސިންތާގައި ބައިވެރިވެފައވަަނީ އުތުރުގެ ހަތަރު އަތޮޅު ކަމުގައިވާ ނ ،ރ ،ބ އަދި ޅ އަތޮޅުންނެވެ.

ޖުމްލަ ސަތޭކައެއްހާ މުވައްޒަފުން ބައިވެރިވާ މިމަހާސިންތާގައި މި އަތޮޅުތަކުން ކޮންމެ ރަށަކުން ދެ ކައުންސިލަރާއި އިދާރީ މުވައްޒަފަކު ބައިވެރިވާކަމަށް އެންވަޔަރން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންވަޔަރން މިނިސްޓްރީން ވިދާޅުވި ގޮތުގައި ސާފުރާއްޖެ މަހާސިންތާގައި ކުނިމެނޭޖްކުރުމާ ބެހޭގޮތުން އެކުލަވާލާފައިވާ ޕޮލިސީގެ މައުލޫމާތާއި ގާނޫނުގެ ޑްރާފްޓް ހިއްސާކުރާނެ ކަމަށާއި މި ސަރަހައްދުގެ ރަށްތަކުގައި ކުނި މެނޭޖް ކުރާގޮތާއި އެކަމުގެ މައުލޫމާތުވެސް ބައިވެރިންނަށް ހިއްސާކުރާނެއެވެ.

ރަށްރަށުގެ ކައުންސިލްތަކުން ފާހަގަކުރާ ގޮތުގައި، އެ ރަށްރަށުގައި ކުނި މެނޭޖްކުރަން ފެށުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެކަމަށް ބޭނުންވާ އުޅަނދުތައް ނެތުމާއި ބަޖެޓު ލިބުމުގައި ދިމާވާ ދަތިތަކެވެ. މި މަހާސިންތާގައި މިކަންކަން ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލްތަކާއި، މިނިސްޓްރީއާއި ގުޅިގެން މަޝްވަރާ ކުރަމުން ދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މި މަހާސިންތާގައި ވެމްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ރަށު ކައުންސިލުތަކާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާގެ މުހިއްމު ނުކުތާތަކާމެދު މަޝްވަރާކުރުން ވެސް ހިމެނެ އެވެ.

ސާފުރާއްޖެ މަހާސިންތާ ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top