ތުޅާދޫގައި އަޅާ އެއާޕޯޓަށް ފައިސާ ހޯދުން ދިވެހި ކުންފުންޏަކަށް

file_uqfbi3.jpg

ހަ ރަށެއްގައި އެއާޕޯޓް އަޅަން ފައިސާ ހަރަދުކުރުމުގެ އެއްބަސްވުމުގައި ދެކުނު ދުނި އިންވެސްޓްމެންޓާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކުރަނީ.

ބ.ތުޅާދޫގައި އަޅާ އެއާޕޯޓް ހިމެނޭހެން ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު އަޅަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން ދެކުނު ދުނި އިންވެސްޓްމެންޓް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެކުންފުންޏާއި އެކު ސަރުކާރުން އިއްޔެ ސޮއިކުރި ފައިނޭންސިން އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހަރަދުކުރާނީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ. މަގޫދޫ އަދި ރ.އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް އެޅުމަށެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ މި އަހަރުގެ އޯގަސްޓް މަހު އެވެ. އެ އިއުލާނާ ގުޅިގެން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ދެކުނު ދުނި އިންވެސްޓްމެންޓް އެކަނި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން ދެކުނު ދުނި އިންވެސްޓްމެންޓް ގެ ހިއްސާދާރުންނަކީ މުހައްމަދު ނަޒީރު، ސަބީރު އަހުމަދު، ހުސައިން ހިލްމީ، ހަސަން ޒަރީރު، ނުޒުހާ އަބްދުލް ބާރީ އަދި ގިޔާސް އަބްދުލް ބާރީ އެވެ.

ބިޒްނަސް ޕޯޓަލް ގައިވާ މައުލޫމާތުން އެނގޭ ގޮތުގައި ވިޔަފާރިއެއް ކުރުމުގެ އެއްވެސް ހުއްދައެއް އެކުންފުނިން އަދި ހޯދައިފައެއް ނެތެވެ. އަދި އެއީ ކޮން ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top