ރައީސް ހުށަހަޅުއްވާ ޚިޔާލަކީ، ކައުންސިލްގެ ފުލްޓައިމް މަގާމަށް ރައީސާއި ނައިބު ރައީސް ހެދުން

large_1736274227371H0Q.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. ފިޔޯރީގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ހުށަހަޅުއްވާ ޚިޔާލަކީ ކައުންސިލްތަކުގައި ފުލްޓައިމްކޮށް ހިދުމަތްކުރާން ކައުންސިލުގެ ރައީސާއި، ނައިބު ރައީސް އެކަނި ތިބޭ ގޮތަށް ކަނޑައަޅައި، ބާކީ ކައުންސިލަރުންނަކީ ޕާޓްޓައިމް މެންބަރުންނަށް ހެދުން ކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ. މި ކަމުގައި އާންމުންގެ ޚިޔާލު ވެސް ފާޅުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ އަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކޮށްފައިވާނެ ކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާ އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައި ވާނެކަމަށެވެ.

ނަމަވެސް އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ ވާހަކަތައް ދައްކައިފަ އެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވި އެވެ.

ރައީސް ވިދާޅުވީ، މީގެ ތެރެއިން އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ، ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކުރާ ވާހަކަ ކަމަށެވެ. އެއީވެސް ކަންބޮޑުވުމެއް ކަމަށާއި، ބޭނުންވަނީ ޚަރަދު ކުޑަ ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާ މީހާއާއި އެކުގައި އިތުރު މީހަކު ރަނިންމޭޓް ކަމަށް ކުރިމަތިލާ ގޮތަށް ވެސް އެ ކަން ކުރެވިދާނެ ކަމަށެވެ. ހަމަ މިގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީވެސް ބަދަލުކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އ.ތ.މ ކޮމިޓީގެވެސް ރައީސާ އާއި ނައިބު ރައީސާ އެއީ ފުލްޓައިމްގެ ދެމީހުންނަށް ހަދައި ދެންތިބި މެންބަރުންނަކީ ‘ޕަރ ސިޓިންގ’ ނުވަތަ ބައްދަލުވުމުގައި ބައިވެރިވާ ދުވަސްތަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި މިކަމަށް ވަރަށް ސީރިއަސް ގޮތެއްގައި ފަންނީ ލެވެލްގައިވެސް، އަދި އާއްމު ރައްޔިތުންގެ މަޝްވަރާ ތަކުގައިވެސް ހިޔާލު ބަދަލުކޮށް، އެކަށީގެންވާ ގޮތަކަށް މިކަމަށް ހައްލެއް ގެނައުމަކީ ކުރަން ޖެހޭ ކަމެއް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top