މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ގޮއިދުއަށް ލައްގައިފި

7FE5FBB9-D4F4-4371-B8BB-925B476F756C-800x400.jpeg

ފޮޓޯ ؛ މުހައްމަދު ނިޒާމް ،އެފް.ބި

މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ބ.ގޮއިދުއަށް ލައްގައިފި އެވެ.

މި މިޔަރު އެރަށު ފަރުމައްޗަށް ލައްގާފައިވަނީ އިއްޔެއެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ އެރަށަށް އެމިޔަރު ލެއްގި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ. އަދި މިޔަރު ފަރުމައްޗަށް ލެއްގުމާއެކު އެރަށުގެ ޒުވާނުންތަކަކަށް ފެނިގެން އެ މިޔަރު އެއްގަމަށް އެރުވީއެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް، މުހައްމަދު ނިޒާމް އޭނާގެ ފޭސްބުކް ޕޭޖްގައި މި މިޔަރާ ބެހޭ ގޮތުން ލިއުއްވާފައިވާ ގޮތުގައި އެއީ ވަރަށް ބޮޑު މިޔަރެކެވެ. ގާތްގަނޑަކަށް 12 ފޫޓު ހުންނާނެކަމަށް ބެލެވޭ އިރު ނިޒާމް ވިދާޅުވީ އެއީ ވިހަން އެހިސާބަށް އައި މިޔަރެއްކަމަށް ވެދާނެ ކަމަށެވެ. ދިޔަވަރު ހިކި ވަގުތަކާއި ދިމާވެފައި ވުމުން ބޭރަށް ނުނިކުމެވިގެން މަރުވެފައިވާކަމަށް ބެލެވޭކަމަށާ އެމިޔަރު ސަލާމަތްވުމަށް ވަރަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްނިޒާމް ވިދާޅުވެފައިވެއެވެ.

މިޔަރު އެއްގަމަށް އެރުވުމަށްފަހު ބަނޑުގައި ހުރި ކުދި މިޔަރުތައް ސަލާމަތް ކުރެވޭތޯ މިޔަރުގެ ބަނޑު ފަޅާލިއެވެ. ނަމަވެސް ބަނޑުގައި އޮތް 20 ކުޑަ މިޔަރުވެސް މަރުވެފައިވާކަމަށް ބުނެއެވެ.

މިހާރު ބޮޑު މިޔަރު ވަނީ ރަށުން ބޭރުކޮށް ކަނޑަށް ދޫކޮށްލައި ކުދި މިޔަރުތައް އެރަށުގައި ވަޅުލާފައެވެ.

ބ. ގޮއިދޫކައިރިއަކީ އާންމުކޮން ކާލިގަނޑު މިޔަރު ފެންނަ ހިސާބެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top