އޮފީސްތައް ބައިވެރިވާ ފުޓްސަލް މުބާރާތެއް ބާއްވަނީ

DSC_1233.jpg

ކްލަބް އޭދަފުށި ޔޫތު ޑިވެލޮޕްމަންޓްގެ ފަރާތުން އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ބައިވެރިވާ ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އޭދަފުށީގައި ހުރި ސަރުކާރު އޮފީސް ތަކާއި ކުންފުނިތަކަށް ހުޅުވާލާފައެވެ.

އެ ކްލަބުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ މި މުބާރާތް ބާއްވަނީ ގިނަ އޮފީސްތަކެއްގެ އެދުމުގެ މަތިން ކަމުގައެވެ.

މި މުބާރާތް އެންމެފަހުން ބާއްވާފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ މުބާރާތް ކާމިޔާބުކުރީ އުރީދޫ ކޮމްބައިން ޓީމެވެ.

ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތަކީ ވެސް ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާކަމަށް އެ ކްލަބުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top