ވަކިކުރަން ފޮނުވި ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މައްސަލަ ކޮމެޓީއަށް

Y8puXn6yd7LYuBdaCWOnE92uPsHXdv31JCv3Cr9r-1.jpg

ވިޔަފާރީގެ މަސްލަހަތަކާ ގުޅޭ މައްސަލައެެއްގައި ނާޖާއިޒު މަންފާ ހޯދައިދިންކަން ސާބިތުވެ، ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނީ، ފުޅަދޫ މެޖިސްޓްރޭޓުން ބަލަމުން ދިޔަ ގަޒިއްޔާއަކީ ނިޝާރުގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ވާތީ ތަނާޒިލުވާން ޖެހޭ އިޖުރާއަތާ އެއްގޮތަށް އޭނާ ތަނާޒިލުވެ، އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރި ކަމަށެވެ.

ނަމަވެސް ފަހުން އިޖުރާއަތުތަކާ ހިލާފަށް ނިޝާރު އަމިއްލަ އަށް އެ ގަޒިއްޔާ ބެއްލެވުމަށް ހަވާލުވި ކަމަށާއި ދެވަނަ ފަހަރަށް ގަޒިއްޔާ ބައްލަވަމުން ގެންދެވި އިރު، ދައުވާ ލިބޭ ފަރާތުން ނިޝާރަށް ދޭން ޖެހޭ ފައިސާއެއް ހޯދުމުގެ މަސައްކަތް އޭނާ ތިން ވަނަ ފަރާތެއް މެދުވެރިކޮށް ކުރަމުން ދިޔަ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، ދައުވާ ލިބޭ ފަރާތާއި ނިޝާރާ ދެމެދު ކުރަމުން ދިޔަ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ ފައިސާ ވަންނަވަމުން ދިޔައީ ސީދާ ނިޝާރުގެ އެކައުންޓަށެވެ. އޭނާ އެ މައްސަލަ ބައްލަވަމުން ގެންދެވި އިރު ވެސް ދައުވާ ލިބޭ ފަރާތާ ދެމެދު ވިޔަފާރީގެ މުއާމަލާތުތައް ކުރިއަށް ދިޔަ ކަން ތަހުގީގަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ހިލާފަށް އެ މައްސަލަ ބަލަމުން ދިޔަ އެ ޝަރީއަތުގެ އަޑުއެހުންތައް ނިމުމުގެ ކުރިން މައްސަލައިގެ ހުކުމާއެކު ރިޕޯޓް ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެހެންކަމުން އެއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މެޖިސްޓްރޭޓް އަމަލު ކޮށްފައިވުން ކަމަށް ކަނޑައަޅައި، ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސްމެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ނިންމާނީ، އެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ބެލުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހެޅުމުން މަޖިލީހުން ވޯޓު ނަގައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top