އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލްތަކަށް އެވޯޑް ދެނީ

10857829_322996581227329_7547512814271480980_n.jpg

ބ.އަތޮޅު ކައުންސިލްގެ އިދާރާ

އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލްތަކަށް މިއަހަރުން ފެށިގެން ޚާއްސަ އެވޯޑެއް ދިނުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ( އެލްޖީއޭ )އިން ނިންމަވައިފިއެވެ.

“ކަންގަތި ” އެވޯޑްގެ ނަމުގައި ތައާރަފްކުރާ މި އެވޯޑް ދިނުމަށް ނިންމާފައިވަނީ ކައުންސިލް ތަކުގެ މަސައްކަތްތައް ރޭންކް ކުރުމަށް އެލްޖީއޭއިން ތައްޔާރުކޮށްފައިވާ ލޯކަލްކައުންސިލް ޕާފޯމަންސް އިންޑެކްސްއަށް ބަލައިގެން ކަމުގައި އެލްޖީއޭއިން ބުނެއެވެ.

މި އިންޑެކްސްއަށް ބަލައިގެން އެލްޖީއޭއިން މިހާރުވަނީ ކައުންސިލްތައް ރޭންކްކޮށްފައެވެ.

“ކަންގަތި” އެވޯޑް ދިނުމަށް ނިންމާފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ކައުންސިލަކާއި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ކައުންސިލަކާއި ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ކައުންސިލަކަށެވެ.

އެވޯޑް ދިނުމަށް އެލްޖީއޭ އިން ނިންމާފައިވަނީ ކޮންމެ އަހަރެއްގެ ލާމަރުކަޒީ ދުވަހު އޮންނަ ރަސްމީ ޖަލްސާގައެވެ.

މިޖަލްސާ މިއަހަރު ބާއްވަން ނިންމާފައިވަނީ އަންނަ މާޗްމަހުގެ ހަވަނަދުވަހު ދަރުބާރުގޭގައެވެ.

“ކަންގަތި” އަކީ އިހުޒަމާނުގައި ރަށްރަށުގެ ވެރިންނަށް ރަސްގެފާނު ދެއްވަމުން ގެންދެވި ކޮލީގެ އިއްޒަތެކެވެ. މި އިއްޒަތް ރާއްޖޭގެ ކޮންމެއަތޮޅަކުން ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށްދެމުން ގެންދިޔަކަން ތާރީޚުން އެނގެއެވެ. .

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top