ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި އެންމެ ގިނަތަކެތި ބައިވެރިކުރީ ތުޅާދޫން

hbmn-3.webp

އިއްޔެ ހުޅުމާލޭގައި ފެށި “ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު” ގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައި ވަނީ މާލެ އާއި ބ. ތުޅާދޫނަކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.

މުޅި މަޢުރަޒުން އެއްވަނަ އައްޑޫ ހިތަދުއަށް ލިބުނުއިރު، ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ.

މި މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތި އަކުންނެވެ. އެގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

ދަނޑުވެރިކަމުގެ ދާއިރާ އިން އައްޑޫ ހޯދި ފަޚުރުވެރި ކާމިޔާބީއަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސް ކުރައްވަމުން  ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު، ޑރ.މާރިޔާ ވިދާޅުވީ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު” ގައި ބައިވެރިވެ، ދަނޑުވެރިކަމުގެ ދާއިރާއިން، އައްޑޫން ހޯދި ފުރިހަމަ ކާމިޔާބީއަކީ، ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެ ސިޓީގެ ރައްޔިތުންގެ ހިތުގައި އޮތް، ލޯތްބާއި، ޝަޢުގުގެ ދިރިހުރި ހެއްކެއް ކަމަށެވެ.

މުޅި މައުރަޒުން އެއްވަނަ އައްޑޫ ހިތަދު އަށް ލިބުނުއިރު، ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ.

“އުފެއްދުންތެރިކަމުގެ މައުރަޒު” ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދުން ފެށިގެން މި މަހުގެ 31 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top