އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައިފި

DSCN4789-scaled.jpg

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލެއް އެކުލާވަލައި، މިއަދު އަމަލުކުރަން ފަށައިފިއެވެ.

އުސޫލު އެކުލަވާލީ ހަ މަގުސަދެއް ހާސިލްކުރަން ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އެއީ، މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރައްޖޭގެ ގާނޫނު އަސާސީއާއި ގަވައިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއް ކަން ކަށަވަރު ކުރުމަށާއި އެ ފަރާތްތަކަކީ ދީނީ އެއްބައިވަންތަކަމާއި ގައުމީ ވަޙްދަތު ދެމެހެއްޓުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށެވެ.

ހަމައެހެންމެ އިމާމުންނާއި މުދިމުން އެމީހުންގެ ވަޒީފާގެ ޒިންމާތަކަށް ރައްކާތެރިކުރުމަށާއި ވަޒީފާއަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމުގެ އިތުރުން އެ ފަރާތްތަކުގެ މަސައްކަތުގެ ދާއިރާގައި އަމަލުކުރާނެ އެއް މިންގަނޑެއް ކަނޑައެޅުން މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެއިތުރުން، މިސްކިތްތަކުގެ އިމާމުންނަކީ އަޚުލާގީ ސިފަތައް ހިފަހައްޓާ ނަމޫނާ ބަޔަކަށް ހެދުމުގެ އިތުރުން މުޖުތަމައު ބަލައިގަންނަ އާންމުން އިތުބާރު ކުރާ ބަޔަކަށް ހެދުން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި މި އުސޫލުގައި ވަނީ އިމާމުންނާއި މުދިމުންގެ އަމަލުތައް ބަހައްޓަންވީ ގޮތް ކިޔައިދީފައެވެ. އޭގެތެރޭގައި، އެމީހުންގެ ހެދުން ބަހައްޓަންވީ ގޮތާއި މިސްކިތުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވަން އަމަލުކުރަންވީ ގޮތާއި އަޅުކަމާ ގުޅުން ހުރި ކަންކަމުގައި އަމަލުކުރަން ވީ ގޮތް ހިމެނެއެވެ.

އެ އުސޫލާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިގޮތުން، އުސޫލާ ޚިލާފުވާ ކަމެއް ކޮށްގެން އިމާމެއްގެ ޝަކުވާ ހުށަހަޅައިގެން ނުވަތަ އަޚްލާގީ މިންގަނޑާ ޚިލާފު ކަމެއް މިނިސްޓްރީއަށް ފާހަގަވެގެން އެކަމެއް ތަހުގީގުކުރުމަށް ފަހުގައި ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އުސޫލުގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top