ދިވެހި ފައިސާގެ ރަސްމީ ނިޝާން ތައާރަފުކޮށްފި

fwvstjxaaaa0ued.jpg

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ފުރަތަމަ ފަހަރަށް މިއަދު ތައާރަފު ކޮށްފިއެވެ.

މިކަމަށް ހާއްސަކޮށް އެމްއެމްއޭ އިން ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފައިސާގެ ނިޝާން އިފްތިތާހު ކޮށްދެއްވީ އެންވަޔަރންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

މި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގައި ތާނަ އަކުރެއް ބޭނުން ކުރުމަކީ ލިބުނު ފަހުރެއް ކަމަށާއި މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ. އެކަން ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވެސް މި ނިޝާން ބޭނުން ކުރެވޭނެ ގޮތްވުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައުނާ ފާހަގަ ކުރެއްވި ގޮތުގައި، ފައިސާގެ ނިޝާން ކަނޑައަޅާފައިވަނީ ދުނިޔޭގެ 50 ވަރަކަށް ގައުމުން ކަމަށްވާ އިރު އެގައުމުތަކުގެ ލިސްޓަށް ރާއްޖެ އައުން މިއީ ލިބުނު އިތުރު ފަހުރެއް ކަމަށެވެ.

ދިވެހި ރުފިޔާގެ ނިޝާނުގައި ދައްކުވައިދެނީ “ރ” އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައިވާ ތަނެވެ.

މި ނިޝާން ފަރުމާކުރީ، މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ.

މިދިޔަ އަހަރު އެމްއެމްއޭ އިން ދިވެހި ނިޝާން ފަރުމާކުރުމަށް ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައިވެއެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި ނިޝާން ދެ ގޮތަކަށް ބޭނުން ކުރާނެއެވެ. އެއީ ހިސާބާއި އިނގިރޭސި އަކުރުގެ ފަހަތަށް ވާ ގޮތަށާއި ދެން ޗާޕްކުރާ ފައިސާ ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top