ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރު މާޗްމަހު ބާއްވަން ޝެޑިއުލްކޮށްފި

elections-comission-ec-hussain-shareef-ec-raees_-5-755x435.jpg

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ކޮވިޑްގެ ހާލަތާގުޅިގެން ލަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރު މާޗް 6 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ޝްޑިއުް ކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގާރަ ދުވަހުގެރޭ ވިދާޅުވީ ކޮވިޑާ ގުޅިގެން ކައުންސިލް އިންތިހާބަށް ހާއްސަ ގާނޫނެއް ފާސްކޮށް، ތަސްދީގު ކުރެވިފައިވާ ކަމަށާއި އެ ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރަން ޖެހޭނީ ކޮވިޑާ ގުޅިގެން މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަފްތާއެއްގެ ތެރޭގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގެ ކަންކަމަކީ ކުއްލިއަކަށް ނިންމޭ ކަންކަމަށް ނުވާތީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް ޝެޑިއުލް ކުރެވި ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މާޗް މަހުގެ ފުރަތަމަ ހަފުތާގެ ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން ޝެޑިއުލް ކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަކި ތާރީޚެއްގައި އިންތިހާބު ބާއްވަން މިހާރު ޝެޑިއުލް ކުރެވުނު ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހު ފަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ތާރީހު ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށާއި އެގޮތުން ހާއްސަ ގާނޫނު ތަސްދީގުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އެހެންކަމުން އަންނަ މެއި މަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވަކި ގޮތަކަށް އަދި ނިންމާފައިނުވާ ކަމަށާއި އެކަން ކުރާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށެވެ. އަދި އެކަން އިއުލާން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top