”ޓީމް“ގެ ތާއީދު ރައީސް ސޯލިހަށް

b_ChlWSZYPcXa6T1KUJsM0wPT7c.jpeg

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފު ޒާކިރު (މަޓޭ) -- ފޮޓޯ: މަޖިލިސް ޚަބަރު

ރިޔާސީ އިންތިޚާބު 2023 ގައި ޓޫރިޒަމް އެމްޕްލޯއީސް އޮފް މޯލްޑިވްސް (ޓީމް )އިން އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމަށް ނިންމައިފިއެވެ.

މިކަމާގުޅިގެން ރޭ ޓީމް ނެރުނު ބަޔާނެއްގައި ބުނީ މީގެކުރިން އެއްވެސް ސަރުކާރެއްގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދީފައި ނުވާ މިންވަރަށް ރައީސް ސޯލިހުގެ ސަރުކާރުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކޮށްދީފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވަނީ އައިއެލްއޯ އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގުޅުން ބަދަހިކުރައްވައި، މިނިމަމް ވޭޖް ކަނޑައަޅައި ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިކަމަށް ބަޔާނުގައި ވެއެވެ. އަދި އުސޫލެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް މި ސަރުކާރުން ގަވާއިދު އެކުލަވާލައި ރިސޯޓު މުވައްޒަފުން އެދުނު ގޮތަށް ސްކޫލް ޗުއްޓީ ވެސް ބަދަލު ކޮށްފައިވާކަމަށާއި ސަރުކާރުންވަނީ ރިސޯޓުގައި މަސައްކަތްކުރާ ވަގުތު ފިޔަވައި ހުސް ވަގުތުތަކުގައި އެއްވެސް ހުއްދައެއް ހޯދުމެއްނެތިރިސޯޓުން ފޭބޭނެ ގޮތަށް ބަދަލުކޮށްފައިކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.”އެހެންކަމުން މި ޖަމިއްޔާގެ ގިނަ މެންބަރުން ، މިދެންނެވި ކަންކަން ބަލައިގަންނަކަމާއި އަދި ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ޚާއްސަ މުހިންމު ސިޔާސަތުތަކެއް އެކުލަވާފައިވާތީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމަށް ނިންމާފައިވާ ކަމުގައިދަންނަވަމެވެ.

ކުރިއަށް އޮތް ދައުރުގައި ރައީސް ސޯލިހު ވަނީ ރިސޯޓު މުވައްޒަފުންނަށް ޚާއްސަކޮށްގެން ވައުދުތަކެއް ވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ މަސައްކަތްތެރިންނަށް ޚާއްސަ ބޯހިޔާވަހިކަމެއް ތައާރަފު ކުރުމާއި ރިސޯޓުތަކުގެ އިސް މަގާމުތަކުގެ މަދުވެގެން %50 ވަޒީފާތަކަށް ދިވެހިން ހަމަޖެއްސުމާއި ރިސޯޓްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ބައިނަލްއަގްވާމީ މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލް ކެމްޕަސް އެއް ގާއިމްކުރުން ހިމެނެ އެވެ.

ދިވެހިން ރިސޯޓް މަސައްކަތްތެރިންނަށް އެކަށޭނެ ސިޔާސަތު ތަކާއި އެންމެފައިދާ ހުރި ގޮތަކީ ރައީސް ސޯލިހު އިންތިހާބުވުން ކަމަށް ޓީމުން ދެކޭކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން ރައީސް ސޯލިހު އިންތިޚާބު ކޮށްދެއްވުމަށް ރިސޯޓު ދާއިރާގެ މުވައްޒަފުން މަސައްކަތް ކޮށްދިނުމަށް ޓީމުން ވަނީ އެދިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top