އާދީއްތަ ދުވަސް ސަރުކާރު ބަންދު

Raees-Office-Beyru1.jpg

ރައީސް އޮފީސް

ރިޔާސީ އިންތިޚާބާ ގުޅިގެން، އަންނަ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަނީ ހޮނިހިރު ދުވަހެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިގޮތަށް ހަމަޖެއްސެވީ، ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ ކަމަށެވެ.

އަދި އެ ދުވަހާ ގުޅިގެން، އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން އެދިވަޑައިގެންފައިވާތީ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން އަބަދުވެސް ހަރަކާތްތެރިވެ އެވެ. އެހެންވެ، އެ މީހުންނަށް ލުޔެއް ދިނުމަށް އަބަދުވެސް އެ ދެ އިންތިހާބާ ގުޅިގެން، ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top