ބ.އަތޮޅުގެ 29 ދަރިވަރުން މިދިޔަ އަހަރު ބީޓެކް ފުރިހަމަކުރި

t-1.jpg

ރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ބީޓެކް ފުރިހަމަކުރި ކުދިންނަށް ސެޓްފިކެޓް ދެއްވަނީ - ފޮޓޯ :މިނިސްޓްރީއޮފް އެޑިއުކޭޝަން

ކޮންމެ ކުއްޖަކީވެސް މުޖްތަމައު ގަބޫލު ކުރާ ކުއްޖަކަށް ހެދުމުގެގޮތުން މަސައްކަތުގެ ހުނަރުވެރިކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ތައާރަފްކުރި ބިޒްނަސް އެންޑް ޓެކްނޮލޮޖީ (ބީޓެކް) ޕްރޮގްރާމްގައި ބ.އަތޮޅު މަދަރުސާތަކުން މިދިޔަ އަހަރު ގްރޭޑް 10 ނިންމި 29 ދަރިވަރަކު ބީޓެކް ޑިޕްލޮމާ ލެވެލް ދޭއް ފުރިހަމަކޮށްފިއެވެ.

ބީޓެކް ޑިޕްލޮމާ 2 ނިންމާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 10 ދަރިވަރުންނާއި ކެންދޫ ސްކޫލުގެ 9 ދަރިވަރުންނާއި އަދި ގޮއިދޫ ސްކޫލުގެ 6 ދަރިވަރުންނާއި ކަމަދޫ ސްކޫލުގެ 5 ދަރިވަރުންނެވެ.   އޭގެ ތެރެއިން 6 ދަރިވަރުން ސްޓާ ޑިސްޓިންކްޝަން ، އަދި 3 ދަރިވަރުން ޑިސްޓިންކްޝަން ހާސިލުކޮށްފައިވެއެވެ. މީގެ އިތުރުން 7 ދަރިވަރަކު މެރިޓް ހާސިލުކުރިއިރު 12 ދަރިވަރުންވަނީ ފާސް ހޯދައިފަ އެވެ.

ބީޓެކް ޕްރޮގްރާމުގައި ބ. އަތޮޅު ސްކޫލުތަކުގައި ކިޔަވައިދީފައިވަނީ ބީޓެކް ހޮސްޕިޓާލިޓީ އާއި ބީޓެކް ސްޕޯޓްސް އެވެ.

ރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ، 2014 ވަނަ އަހަރު ބީޓެކް ތައާރަފް ކުރެވިގެން ދިޔައީ އޯ ލެވެލް ފެންވަރަށް ކިޔަވައިދެމުން އަންނަ 11 ސުކޫލަގައި ކަމަސް ވިޔަސް މިހާރު އޯލެވެލް ކިޔަވާދޭ ހުރިހާ ސްކޫލަކަށް ތައާރަފް ކުރެވިކަމަށެވެ. މާލެ އާއި އަތޮޅު ތެރޭގެ 28 ސުކޫލެއްގައި އޭ ލެވެލް ފެންވަރަށް ވެސް ކިޔަވާ ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރުވަނީ ބީޓެކް އޭލެވެލް ފަށައިފަ އެވެ.

ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމް ކަމަށްވާ ބީޓެކް، ސްކޫލް ތަކުގައި ކިޔަވައިދޭން ފަށާފައިވަނި 2014 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ސުކޫލް ތަކަށް ބީޓެކް ތައާރަފް ކުރީ ތިން ދާއިރާއަކުން ނަމަވެސް މިހާރު އެ ދާއިރާތަކުގެ އިތުރުން، އިތުރު ދާއިރާތަކެއް ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި ތައާރަފްކޮށްފައިވެއެވެ. އެއީ އާޓް އެންޑް ޑިޒައިންއާ ސްޕޯޓްސް އަދި ބިއުޓީ ތެރަޕީއެވެ. ހޮސްޕިޓާލިޓީ، ބިޒްނަޒް، އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން އެވެ.

ބީޓެކް ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރު ތިޔާގިވެގެންދާ އިރު ބީޓެކްގެ ކޯސްތައް ނިންމައި ދަރިވަރުން މުޖުތަމައުއަށް ނިކުންނަނީ ވަޒީފާ ހަމަޖެހޭނެ ކަމުގެ ޔަގީން ކަމާއއކުގައިކަމަށާ  އޭގެ ސަބަބުން މަސައްކަތެއް ނެތި އުޅޭ ކުދިންގެ އަދަދު މަދުކުރެވި ކުށަށް އަރައިގަތުމުގެ ނިސްބަތް މަދުކުރެވިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ޔަގީން ކުރެއެވެ.

ބީޓެކް ޑިޕްލޮމާ ލެވެލް ދޭއް ނިންމި 301 ދަރިވަރުންނަށް ރޭ ވަނީ ސެޓްފިކެޓް ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top