ރިސޯޓުތައް އަލުން ހުޅުވާއިރު ކުރިން ތިބި މުވައްޒަފުންނަށް އިސްކަންދޭން އަންގައިފި.

l_159304549758cYkW.jpg

ކޮވިޑަށް ފަހު ރިސޯޓުތައް އަލުން ހުޅުވާއިރު އެރިސޯޓެއްގައި ކުރިން ވަޒީފާގައި ތިބި މީހުންނަށް އިސްކަން ދޭން ޓޫރިޒަމް މިނިސްޓްރީން އަންގަވައިފި އެވެ.

ރޭ އެންއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާލުވީ އެ ކަންކަން މޮނީޓާ ކުރާނެ ކަމަށާއި މިދިޔަ އަންގާރަ ދުވަހު ގައިޑްލައިން އާންމުކުރި އިރު، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް ރިސޯޓުތަކަށް އިލްތިމާސްކޮށްފައި ވާނޭ ކަމަށެވެ.

މިނިސްޓަރު އަލީ ވިދާޅުވީ ރިސޯޓުތަކުން ކުލި ނުދެއްކިގެން ވެސް ބައެއް ފަހަރު އެހީއަށް އެދި އަންނަކަމަށާއި އެފަދަ ކަންކަމުގައި އެހީވާއިރު ކޮވިޑްގެ ކަންކަމުގައި މުވައްޒަފުންނާއި މެދު އެ ރިސޯޓަކުން އަމަލުކޮށްފައިވާ ގޮތަށް ބަލާނެކަމަށެވެ.

“އެ ރިސޯޓަކަށް ޚިދުމަތް ކުރި މުވައްޒަފަކާ ދޭތެރޭގައި ގޯސްކޮށް އަމަލުކުރާ ރިސޯޓަކަށް އަޅުގަނޑަކަށް ހީއެއް ނުވޭ ވިޔަފާރީގައި ދުވަހަކުވެސް ކާމިޔާބު ލިބޭނެހެނެއް. ފަތުރުވެރިން ވެސް ބަލާނެ އެ ރިސޯޓެއްގައި މަސައްކަތް ކުރި މީހުންނާ ދޭތެރޭ އަމަލުކުރީ ކިހިނެއްތޯ” އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅުވުމުން މުވައްޒަފުންގެ މުސާރަ ކުރިން ހުރި ގޮތަށް އިއާދަ ކުރުމާއި ވަޒީފާ އިއާދަ ނުކުރާނަމަ، ގާނޫނީ ގޮތުން މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

މިކަމުގައި ހައްލު އޮތީ މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތަކާ އަދި ސަރުކާރާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮވިޑް ވަބާގެ ސަބަބުން ދުނިޔޭގައިވެސް އެތައް މިލިއަން މީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދަތި އެންމެންވެސް އައިސްފައިވާކަން ގަބޫލުކުރަން ވާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top