ބޮޑުއީދު ޗުއްޓީއަށް ވައިގެމަގުން ޓިކެޓްނެގުމަށް ކިއުދަމާލައިފި

medium_55932.jpg

މިއަހަރުގެ ބޮޑު އީދުދު ޗުއްޓީގައި އަތޮޅުތަކުގެ ރަށްރަށަށް ދިޔުމަށް ގިނަ ޢަދަދެއްގެ ބަޔަކު ވައިގެ މަގުން ދަތުރުކުރުމަށް ޓިކެޓް ނަގަމުން އެބަދާ ކަމަުގައި މޯލްޑިވިއަން އިން ބުނެފިއެވެ.

ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި އެ އެއަރލައިންގެ ފަރާތުން ބުނެފައިވަނީ މިހާރުވެސް %70 ޓިކެޓް ވިކި ހުސްވެފައިވާކަމުގައެވެ. މީގެ އިތުރުން ކުރިއަށްއޮތް ޖުލައި ސައްބީހުގެ ބަންދުގައިވެސް ޗުއްޓީއަށް ތަންތަނަށް ދިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓް ނަގަމުންދާ ކަމަށާ، %50 އާ ހަމައަށް މިހާރު ޓިކެޓް ވިކިފައިވާ ކަމަށް ހާމަކުރެއެވެ.

ޖެޓްފިއުލްގެ އަގު ހެޔޮކުރުމާއި ގުޅިގެން މޯލްޑިވިއަން އިން ވަނީ މިމަހުގެ 17 އިން ފެށިގެން އެތެރޭގެ އުދުހުންތަކުން ގާތްގަނޑަކަށް ސަތޭކަ ރުފިޔާ އަގުހެޔޮކޮށްފައެވެ.

މިބަދަލާއެކު ކާޑެއްދޫ އާއި ކޫއްޑޫއާއި މާލެއާއި ދޭތެރޭ އެއްކޮޅު ޓިކެޓެއްގަ އަގު އުޅެނީ 877 ރުފިޔާއަށެވެ. ކައްދޫއާއި ތިމަރަފުށްޓާއި ހަނިމާދޫ ޓިކެޓެއް އުޅެނީ އަށްސަތޭކަ ފަންސާސް ފަސް ރުފިޔާއަށެވެ. މާލެއާއި ދަރަވަންދުއާދެމެދު ޓިކެޓެއްގެ އަގު ފަސްސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށް ހެޔޮކޮށްފައިވާއިރު މާލެއާއި ކުޑަހުވަދުއާއި މާލެއާއި އިފުރާދެމެދު ޓިކެޓެއްގެ އަގު އުޅެނީ އަށްސަތޭކަ ރުފިޔާއަށެވެ.

މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އަގު ހެޔޮކުރުމާއެކު މާލެއާއި ދަރަވަންދޫއާ ދެމެދު ވައިގެ މަގުން ދަތުރު ކުރާ ވިލާއެއަރ އިން ވަނީ މޯލްޑިވިއަން އަށް ވުރެ ހެޔޮކޮށް މާލެ-ދަރަވަންދޫ އެއްކޮޅުގެ ދަތުރުގެއަގު 675 އިން 575 އަށް ތިރިކޮށްލާފައެވެ. މޯލްޑިވިއަން އިން  675 ރުފިޔާއަށް ވިއްކަމުން އައި ދަރަވަންދޫ – މާލެ އެއްކޮޅުގެ ޓިކެޓްގެ މިހާރުގެ އަގަކީ 598ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top