ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގަމުން އަންނަ ފީތައް ކުޑަކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރުމަށް އަމަލު ކުރަމުން ގެންދާ “ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިސްތިގާލީ އުސޫލު” ބަޔާންކުރާ ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުން ގެންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓެގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓެގަރީ ފީ 50 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.







