ފުލުހެއްގެ ލޯމަތީގައި ޖެހި މީހަކު އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

img_md_202312250525071703507107.2016.jpg

ފުލުހެއްގެ ލޯމަތީގައި ޖެހި މީހަކު އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އދ. ދަގެނތީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ މި އަހަރުގެ ޖަނަވަރީ މަހު މާލެއިން ދަނގެއްޗަށް ދަތުރުކުރި ލޯންޗަކުން ގެންދިޔަ ފޮތި ކޮތަޅެއް ހިފައިގެން ދިޔަ މީހަކު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުން ހަމަލާ ދިން މައްސަލަ އެކެވެ.

ދަގެނތީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދަގެނތީ މީހެއްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ.

ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓްގައިވާ ގޮތުން، އެދުވަހުގެ ހަވީރު މާލެއިން ދަނގެއްޗަށް ފުރި ފެރީ ލޯންޗުން ގެނައި ހުދު ކުލައިގެ ފޮތިކޮތަޅު ހިފައިން، ދައުވާ ލިބުނު ދަގެނތީ މީހާ ބައިސްކަލެއްގައި އެ ރަށު ބަނދަރުމަތިން ދަނިކޮށް މަޑުކުރުމަށް ފުލުހުން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ކިޔަމަން ނުވެ، އޭނާ ދިޔުމުން އެ ހިސާބުން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން، ފުލުހެއްގެ ކަނާއަތު ލޯ މަތީގައި އެ މީހާ ޖެހި އެވެ.

މި މައްސަލައިގައި އެ މީހާގެ މައްޗަށް ކޮށްފައިވަނީ އެއް އަހަރާއި ދެ ދުވަހުގެ ޖަލު ހުކުމެވެ. ޖަލު ހުކުމެއް އިއްވީ، އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން ބެލިއިރު، އޭނާއަކީ ޖޫރިމަނާ ދެއްކޭފަދަ މީހަކަށް ނުވުމުންނެވެ. ޖޫރިމަނާ ކުރިނަމަ އޭނާއަށް އަންނާނީ 74،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އޭނާ އެދުނު ނަމަވެސް، އެ އަދަދު ނުދެއްކޭނެ ކަމަށް ދައުވާ ލިބުނު މީހާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top