އޭދަފުށީ ނޫރާނީމާގެ ޚާލިދު ކުއްލި ގޮތަކަށް ނިޔާވެއްޖެ!

ފައިނަލް-1.jpg

އަހުމަދު ޚާލިދު، އަނބިކަނބަލުން ޝަރީފާ އާއި އެކު

އޭދަފުށީ ނޫރާނީމާގެ އަހުމަދު ޚާލިދު ކުއްލިގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ތައުލީމީ އާއިލާއެއް ބިނާކުރުމުގައި ކާމިޔާބު ބައްޕައެއްގެ ގޮތުން އޭދަފުށިން ފާހަގަކޮށްލެވޭ ޚާލިދު ނިޔާވީ މިއަދު މެންދުރު އެވެ.

”މެންދުރު ނަމާދު ވަގުތު ޖެހިގެން ދިޔައިރު ވެސް މިސްކިތަށް ނުގޮސް އޮތީމާ ގޮވާލީ. އޭރު އޮތީ މަރުވެފަ.” އާއިލާ އިން މައުލޫމާތު ދިނެވެ.

އުމުރުން 75 އަހަރުގައި ޚާލިދު ނިޔާވި އިރު އޭނާގެ އަނތްބަކާއި ނުވަދަރިންގެ އިތުރުން ކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެނުވަ ދަރިންގެ ތެރެއިން އެންމެ ދަރިއެއްވެސް ބާކީ ނުކޮށް ކޮންމެ ދަރިއަކީވެސް ގައުމަށް ބޭނުންތެރި ގައުމީ ޚިދުމަތުގައި މިއަދުވެސް ދެމި ތިއްބެވި ޚިދުމަތްތެރިންނެވެ.

ޚާލިދުގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދާއިރު ކަށުނަމާދު ކުރާނެ ވަގުތު އަދި އާއިލާއިން ހާމައެއްނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top