ފުލުހުންނަށް އަހަރީޗުއްޓީ ދިނުން ހުއްޓާލައިފި

large_155903017837mEuY-2.jpg

ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުންނަށް އަހަރީ ޗުއްޓީ ދިނުން ހުއްޓާލައިފިއެވެ.

ފުލުހުންގެ އިދާރާގެ އޮޕަރޭޝަނަލް ހާލަތާއި ގުޅިގެން ޗުއްޓީ ހިފެހެއްޓުމަކީ ފުލުހުން އަބަދުވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށްބުނެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް، ލެވެލް 2 އަށް ކަނޑައެޅިފައިވާ އަހަރީ ޗުއްޓީ ދިނުން ވަނީ ހުއްޓާލާފައެވެ.

އެހެންނަމަވެސް، މުވައްޒަފުންނަށާއި އާއިލާގެ މެމްބަރުންނަށް ދިމާވާ އިމަރޖެންސީ ކަންކަމާ ގުޅިގެންނާއި ކައިވެނި ކުރުން ފަދަ މުހިއްމު ކަންތައްތަކާއި ގުޅިގެން ޗުއްޓީ ދޭނެ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވުމާއި ގުޅިގެން ވަނީ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންވެސް ހިމެނޭގޮތަށް މަގުމައްޗަށް އިތުރު ފުލުހުން ނެރެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top