ފުރަތަމަ މެޗުން ފެހެންދޫ ބަލިވެއްޖެ

31124748_1957450090995495_2127207502532575232_n.jpg

ފެހެންދޫ ޓީމް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި ށ. ފޯކައިދޫ އާ ވާދަކޮށް 3-2 ން ފެހެންދޫ ޓީމް ބަލިވެއްޖެ އެވެ.

ފޯކައިދޫ ޓީމަށް މުހައްމަދު ފާރިޝް އިބްރާހީމް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަފީން އެވެ.

ފެހެންދޫ ޓީމުގެ ދެލަނޑު ޖަހައިދިނީ އިބްރާހިމް މާޖިދު އާއި މުހައްމަދު ރީހާން އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ފެހެންދޫ ގުރޫޕްގައި ހިމެނޭ ޓީމުތަކަކީ ޒޯން 1 ގެ ޗެމްޕިއަން ހއ. މުރައިދޫ، ޒޯން 2 ގެ ޗެމްޕިއަން ށ. ފޯކައިދޫ، ޒޯން 3 ގެ ޗެމްޕިއަން ބ. ފެހެންދޫ، ޒޯން 4 ގެ ޗެމްޕިއަން އދ. ފެންފުއްޓާއި އއ. މާޅޮހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top