ރޯގާއާއި ވައިރަހުން ރައްކާތެރިވުމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ގިނައިން އަތްދޮވުން

ThinkstockPhotos-177257849-770x360.jpg

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އިތުުރުން އެހެނިހެން ރޯގާތަކުންވެސް ސަލާމަތްވެ ތިބުނަށް އޮތް އެންމެ މޮޅު ގޮތަކީ ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން ކަމަށް ސީއެންއެން އިން ބުނފިއެވެ.

އިއްޔެ ސީއެން އެން އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނަނީ ކޮރޯނާ ވައިރަސް އަށް އަދި ވެކްސިނެއް ހޯދިފައިނުވާއިރު ތިމާއަށާއި އެހެން މީހުންނަށް މިފަދަ ރޯގާތަކުން ސަލާމަތް ކޮށްދިނުމަށް ކުރެވެން އޮތް  ކަމަކީ އަބަދުވެސް ސައިބޯނި ލައިގެން އޮތް ދޮވެ އަތްތިލަ ސާފު ކޮށް ބެހެއްޓުން ކަމަށެވެ.

އަތްތިލަ ސާފުކޮށް ބެހެއްޓުމަކީ އުނދަގޫކަމެއް ނޫނެވެ. އެކަމަކު އަތްދޮންނަންވެސް ވަކި ގޮތެއް އޮންނަކަން ދަންނަން ޖެހެއެވެ. އެގޮތުން ބަލާއިރު އަތް ދޮންނަންވާނީ އެއްޗަކަށް އަޅާފައި ހުންނަ ފެނުގެ ބަދަލުގައި ފެން އިސްކުރަކުން ނުވަތަ އެހެން ގޮތަކުން ވިޔަސް ދައުރުވަމުން އަންނަ ފެނަކުންނެވެ. ފުރަތަމަ އަތް ތެންމާލުމަށްފަހު ދެން ސައިބޯނި ލައިގެންނެވެ. މި ގޮތަށް ދޮންނަމުން ދާއިރު ދެއަތް ދެއަތަށް އުނގުޅަމުން އިނގިލިތަކާއި ދެ އިނގިލި ދޭތެރެ އަދި ނިޔަފަތިތައްވެސް ނިޔަރޮދިތަކާއެކު ފަރުވާތެރިކަމާއެކު ދޮންނަންވާނެއެވެ.

އަތް ދޮންނަންވީ ކިހާ އިރަކު ހެއްޔެވެ؟ އަތް ދޮންނަން ގިނަ ވަގުތު ހޭދަކުރާކަށް ނުޖެހެ އެވެ. 20ސިކުންތު ފުދޭނެއެވެ. އެކަމަކު ގަޑި ބަލައިގެން މިކަން ކުރުމަކީ އުނދަގޫކަމަކަށް ވާނެތީ އެކަމުގައިވެސް ފަސޭހަ ގޮތެއް އެބައޮތެވެ. އަތްދޮންނަން ފަށާފައި ‘ހެޕީ ބާތުޑޭ’ ރާގުގައި ދެފަހަރު ކިޔާ ނިމޭއިރު އެހެރީ 20 ސިކުންތު ހަމަވެފައެވެ.

އަތްދޮވެ ނިމުމުން ސާފު ތުވާއްޔަކުން ފޮހެލާށެވެ.

ފެނުން އަތް ދޮވުމުގެ ބަދަލުގައި އަތް ސާފުކޮށް ބެހެއްޓުމަށް ބޭނުން ކުރަން ގެންގުޅޭ ހޭންޑ ސެނިޓިޒަރ އަކީވެސް ގޯސް އެއްޗެއް ނޫނެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތްކަމަށް މިކަމާބެހޭ މާހިރުން ބުރަވަނީ ފެނާއެކު ސއިބޯނިލައިގެން އަތް ދޮވުމެވެ.

ހަނދާން ކުރާށެވެ. ބޭރުން އައިސް ގެއަށް ވަދެއްޖެނަމަ އެންމެ ފުރަތަމަ އަތް ދޮވުމަކީ ތިމާއާއި ތިމާގެ އާއިލާއާއި މުޖްތަމައު، ރޯގާތަކުން ސަލާމަތް ކުރުމުގެ ގޮތުން ގެންގުޅެން ޖެހޭ ސިއްހީ ގޮތުން އެންމެ ރަނގަޅު އާދައެވެ. ރެއާ ދުވާލު ފަސް ނަމާދު އަދާކުރަން ޖެހޭ އިރު ނަމާދު ކުރުމުގެ ގޮތުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދެއަތްތިލަ ދޮވެގެން ވުޟޫ ކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top