ބެސްޓް ހަނީމޫން ރިސޯޓުގެ އެވޯޑް އަމިއްލަފުއްޓަށް

Amilla-Fushi-Lagoon-Villa-Pool-and-Horizon.jpg

ބެސްޓް ހަނީމޫން ހޮޓެލް އެވޯޑް ބ.ފިނޮޅޮހުގައި ހިންގަމުން ގެންދާ އަމިއްލަފުށި ރިސޯޓަށް ލިބިއްޖެ އެވެ.

އަމިއްލަފުއްޓަށް މި އެވޯޑް ލިބިފައިވަނީ ރަޝިއާގައި ބޭއްވި ވެޑިން ޓްރެވަލް ފެއާގައެވެ.

މޮސްކޯގެ ފޯސީޒަން ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި އަމިއްލަފުށީގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ރިސޯޓުގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ސޭލްސް ނަސްރުﷲ އާދަމް އާއި ސޭލްސް މެނޭޖަރު އާލިއާ ކޮސްކޯވާ އެވެ.

އެ ރިސޯޓަށް ލިބިފައިވަނީ ވެޑިން ޓްރެވަލް އެވޯޑުގެ ހަނީމޫން ޓްރެވަލް އެވޯޑެވެ.

މީގެ ފަސް އަހަރު ކުރިން ހުޅުވި މިރިސޯޓުގައި ލަގްޒަރީ ފެންވަރުގެ 70 ކޮޓަރި ހުރެ އެވެ.

އަމިއްލަފުށި ރިސޯޓުގެ ފަރާތުން ބ.އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުން ފުޓުބޯޅައަށް އަހުލުވެރި ކުރުވުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އެރިސޯޓަށް ގެނެސް ދަރިވަރުން ޓްރެއިން ކޮށްދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top