ކެންދޫއާއި ދޮންފަނުގެ ދެ ކައުންސިލަރަކު ސަސްޕެންޑް ކޮށްފި

medium_30619.jpg

ކުރިއަށް އޮތް ތިން މަސް ދުވަހު މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް މިއަދުން ފެށިގެން  ބ. ކެންދޫ ކައުންސިލް މެންބަރު އިބްރާހީމް އަބްދުއް ރަހްމާން އާއި ބ. ދޮންފަނު ކައުންސިލްގެ ނައިބު ރައީސް ހަސަން ހަފީޒު ސަސްޕެންޑް ކޮށްފިއެވެ.

މި ދެ ކައުންސިލަރުން ސަސްޕެންޑް ކުރި ސަބަބެއްގެ ގޮތުން އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނަމަ ހުއްޓުވަން ސިވިލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، އެ ކައުންސިލަރުން ޕްރައިމަރީގައި ބައިވެރިވެފައިވާ ކަމުގެ ހެކި އެ އޮތޯރިޓީއަށް ލިބިފައިވާތީ ކަމަށާއި ކައުންސިލަރުން ކުރާ ގާނޫނާ ޚިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލަށާއި އެޓާނީ ޖެނެރަލް ދެއްވާފައިވާ ލަފަޔަށް ރިއާޔަތްކުރުމަށްފަހު ކަމަށް އެލްޖީއޭގެ ސިޓީ ގައި ވެއެވެ.

އެލްޖީއޭ ސިޓީގައި، ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު އެ ކައުންސިލަރުން ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމަކީ މަނާކަމެއް ކަމެއްކަމަށްވެސް ބުނެފައި ވެއެވެ.

ބ. އަތޮޅުގެ މިދެރަށުން ދެ ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ އިރު ހަމަ މި މައްސލައިގާ މުޅި ރާއްޖެއިން 21 ރަށު ކައުންސިލަރަކާއި ފަސް އަތޮޅު ކައުންސިލަރުން  ސަސްޕެންޑް ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top