ކިއުކަންބާ ޑައެޓް: 14ދުވަހުން 7ކިލޯ ދުއްވާލާ!

krastavica-dieta.jpg

ކިއުކަންބާ ޑައެޓަކީ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ބަރުދަން ލުއިކޮށްލުމަށް އެންމެ ފަސޭހަ އަދި އެންމެ ކާމިޔާބު ޑައެޓްކަމަށް ވެއެވެ. މި ޑައެޓްގެ ސަބަބުން ހަށިގަނޑުގެ ބައްޓަން ރީތިވެ ބަރުދަންވެސް އަޖައިބެއްހާ އަވަހަށް ލުއިކޮށްލައެވެ. އެހެންނަމަވެސް ހަނދާން ބަހައްޓަންވީ މި ޑައެޓްކުރާއިރުވެސް ކޮންމެ ދުވަހަކު ކަސްރަތު ކުރަން ސަމާލުކަން ދޭން ޖެހޭ ކަމެވެ. ދެން ދިމާވާނެ  މައްސަލައަކީ އަބަދު ބަނޑުހައިވުމެވެ. އެހެންވެއްޖެނަމަ ދުވާލުގެ ވަގުތެއްގައި މިދަންނަވާ ތަކެތި ބޭނުންކޮށްގެން ބަނޑުހައިކަން ފިލުވައިލެވިދާނެއެވެ.

2 ފެނުކެއްކި ބިސް ނުވަތަ 150ގްރާމް ކަނޑުމަސް ނުވަތަ އެއްގަމުމަސް (ހުދުކޮށް ހުންނަ)
2 ފެނުކެއްކި ބޮޑު އަލުވި ނުވަތަ ސްޓީމްކޮށްފައި
3 ފޮތި ބްރައުން ބްރެޑް ނުވަތަ އާޓާފުށުގެ ރޮށި
500 ގްރާމް ތާޒާމޭވާ

Plums-apple-and-peach

މީގެ އިތުރަށް ފެނާއި އަދި ސައި/ކޮފީ ހަކުރުނާލާ ބޭނުންކުރެވިދާނެއެވެ. އެއްވެސް ބާވަތެއްގެ ސޮޑާ ނުވަތަ ދަޅުގައި ބަންދުކޮށްފައިހުންނަ ބުއިމެއް ހުއްދައެއްނޫނެވެ. އެހެންނަމަވެސް މި ކެއުމާއެކުވެސް ބޭނުންވަރަކަށް ކިއުކަންބާ ފޮތިކޮށްގެން ވިޔަސް ނުވަތަ ކިއުކަންބާ ޝޭކްހަދައިގެންވެސް ބޮވިދާނެއެވެ.

މެނޫ
ހެނދުނުސައި : 2 ފެނުކެއްކި ބިހާއެކު ކިއުކަނަބާ ސެލެޑް
އާފަލު ނުވަތަ ޕީޗް ނުވަތަ ޕްލަމް 200 ގްރާމް

boiled-eggs

މެންދުރުކެއުން : ޓޯސްޓްކޮށްގެން އާޓާފުށުގެ ޕާން ފޮއްޗެއްނުވަތަ އާޓާފުށުގެރޮށި
ކިއުކަންބާ ސެލެޑް

Toast

ރޭގަނޑުކެއުން : ތާޒާ ތަރުކާރީ 300 ގްރާމުންފެށިގެން
މި ޑައެޓާއެކު ކަސްރަތުކުރުމަކީ ވެސް މީގެ އެއްބައެވެ. ކޮންމެ ދުވަހަކު ގަޑިއެއްހާއިރު ހިނދުން ނުވަތަ ކަސްރަތުކުރުންވެސް ކުރިއަށްގެންދަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top