ޔާމީން 2018 ، ފުޓްބޯޅަ މުބާރާތް ފަށައިފި

"ޔާމީން 2018" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އީޓީ/ސައިނޯސާ ރާއި

“ޔާމީން 2018” ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އީޓީ/ސައިނޯސާ ރާއި

އީދުގެ މުނާސަބަތުގައި އޭދަފުށީ ޒުވާނުންގެ ކްލަބްގެފަރާތުން ބާއްވާ “ޔާމީން 2018” ފުޓްބޯޅަ މުބާރާތް އިއްޔެ އޭދަފުށީގައި ފަށައިފިއެވެ.

އޭދަފުށީގެ ރަސްމީ ބޯޅަދަނޑުގައި ކުޅެވޭ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ އެމްއޭ ޔުނައިޓެޑްއާއި ސަންސެޓްސްޕޯޓްސް އެވެ. 3-1 ގެ ނަތީޖާއިން މި މެޗް ކާމިޔާބުކޮށްފައިވަނީ އެމްއޭ ޔުނައިޓެޑެވެ.

މެޗްފެށުނުތާ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ސަންސެޓްގެ ސާއިދު ލަޑެއްޖަހާފައިވަނިކޮށް އޭގެ ފަސްމިނިޓްފަހުން އެމްއޭ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން މެޗް އެއްވަރުކޮށްދިނީ އެޓީމްގެ ސާމީއެވެ. އިތުރު ދެލަނޑުޖަހައިގެން އެމްއޭ ޔުނައިޓެޑްގެ އަލީ ޖިނާހު މެޗްގެ ނަތީޖާގެތަފާތު ބޮޑުކޮށްދިނެވެ.

މި މުބާރާތުގައި މިއަދު ދެމެޗް ކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. އެއީ މެންދުރު ފަހު އޮންނަ ސޮނޭވާއާއި އެންޖޯއީ ފްރެންޑްސްގެ މެޗާއި ހަވީރު އޮންނަ ސައިނޯސާއާއި ވެލާސިޓީގެ މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top