މިސްރުން ޣައްޒާގައި ޚަންދަގު ކޮންނާތީ ހަމާސްއިން އެކަން ކުށްވެރިކޮށްފި

މިސްރުން ޣައްޒާއަށްހަމައެކަނިއެތެރެވާ ރަފްގާ ދޮރާށި

މިސްރުން ޣައްޒާއަށްހަމައެކަނިއެތެރެވާ ރަފްގާ ދޮރާށި

މިސްރުން ފަލަސްތީނާ މިސްރު ގުޅޭ ސަރަހައްދުގައި ބޮޑެތި ވަޅުގަނޑުތަކެއް ކޮނެ އެވަޅުގަނޑުތަކަށް ލޮނުފެން އެޅުމުގެ ޕްރޮގްރާމެއްހިންގަމުން ގެންދާތީ ހަމާސް ޖަމާއަތުން އެކަން ކުށްވެރިކޮށް މިކަން ވަގުތުން ހުއްޓާލުމަށް މިސްރު ސަރުކާރަށް ގޮވާލައިފިއެވެ.

ހަމާސްގެ ތަރުޖަމާނު ސާމީއަބޫ ޒުހުރީ ވިދާޅުވީ މިއީ ބޮޑުވެގެންވާ ޖަރީމާއެއްކަމުގައާއި މި ލާއިންސާނީ އަމަލުގެ ސަބަބުން ބިމުން ލިބޭ މީރު ފެންފޮދު ލޮނާއެކުވެ އެހިސާބުގަނޑުގައި ދިރިއުޅޭ ޢައްޒާގެ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކުރާނެކަމުގައެވެ.

މިވާހަކަތަކަށް ރައްދުދެމުން މިސްރު ސަރުކާރުން ބުނަނީ މިއީ މިސްރުން ޣައްޒާއަށް ގަވާއިދާ ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ކުރާ ކަމެއްކަމުގައެވެ. އަނެއް ބޭނުމަކީ ފަލަސްތީނު ރައްޔިތުން ބިންގަރާސް ކޮނެގެން މަގުތައް ހެދުން ހުއްޓުވުމާއެކު މިހާރު ހަދާފައިވާ މަގުތައް ހަލާކު ކޮށްލުމެވެ.

މިސްރުން މިހެން ބުނާއިރު އިޒްރޭލްގެ އުދަނގުލާހުރެ ޣައްޒާގެ ރައްޔިތުން 2008 ވަނައަހަރުން ފެށިގެން ބިންގަރާސް މަގުތައް ބޭނުންކުރަމުން ގެންދަނީ ކާބޯތަކެއްޗާ ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރުމަށް ކަމަށް ސާމީ ވިދާޅުވިއެވެ.

ސާމީ ވިދާޅުވީ މިސްރުގެ މިއަމަލަކީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ރުހުން ލިބިގެން ކުރާ ކަމެއްކަމުގައި ތުހުމަތުކޮށް މަހްމޫދު އައްބާހަށްވެސް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

މިސްރު ސިފައިން މިވަޅުގަނޑުތަކަށް ފެންއެޅުމަށް ބޭނުންކުރާ ހޮޅިތައް ގުޅާފައިވަނީ މެޑިޓެރޭނިއަން ކަނޑަށެވެ. އެހޮޅިތަކުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ދަނީ ވަޅުގަނޑުތަކަށް ލޮނު އަޅަމުންކަމަށް ސާމީ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top