ސޯނަމްކަޕޫރުގެ ކައިވެނި 2017ގައި؟

Sonam-Kapoor-and-Anand-Ahuja.jpg

ބޮލީވުޑްގައި ދެން އެންމެ އަވަހަށް ކުރެވޭ ބޮޑު ކައިވެންޏަކަށް ވާނީ 2017ގައި ކުރެވޭ ސޯނަމް ކަޕޫރުއާއި އާނަންދް އަހޫޖާގެ ކައިވެނިކަމަށް ބޮލީވުޑް ނިއުސް އިން ބުނެފިއެވެ.

31 އަހަރުގެ ސޯނަމް ކަޕޫރާއި އޭނާގެ ލޯބިވެރިޔާ އަހޫޖާއާ ޑޭޓްކުރަމުން އަންނަކަން މީޑިއާއާ ހަމައަށް ތިލަ ވެފައިވަނީ ދާދިފަހުންނެވެ.  އަހޫޖާގެ ޚާއްސަ ދައުވަތަކަށް ސޯނަމް ރާޖިސްތާނަށް ދަތުރުކުރުމުގެ ކުރިން މީޑިއާއަށް އޮތީ މިކަން ނޭނގިއެވެ.

މިހާރު އަޑުތައް އަރާފައިވާ ގޮތުން ދެމީހުންގެ ގުޅުން އެހެން ސްޓޭޖަކަށް ގެންދިއުމަށް ނިންމާފައިވާކަމަށާ ކައިވެނީގެ ގޮށް 2017ގައި ޖަހާނެކަމަށް ސޯނަމް ބުނެފައިވާކަމަށް މި ޚަބަރުގައި ރިޕޯޓް ކޮށްފައިވެއެވެ.

ސޯނަމާއި އާނަންދު ޑޭޓްކުރާތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ އިރު ކުރިން  މީޑިއާ އަށް ފިލައިގެން އުޅުނު ނަމަވެސް މިހާރު ސޯނަމް ބައިވެރިވާ އެކިއެކި އިވެންޓްތަކުންނާއި ޕާޓީތަކުން ފެނެްނަނީ ދެމީހުން އެކުގައެވެ.

ސޯނަމް އެންމެ ފަހުން ފިލްމަކުން ފެނިފައިވަނި “ނީރްޖާ “އިންނެވެ. އަދި ވަރަށް އަވަހަށް ސޯނަމްގެ އާފިލްމެއްގެ ޝޫޓިންގ ފެށިގެން ދާނެކަމަށް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top