ގޮއިދޫ ޓީމަށް ފެހިދޫލައިގެ މަރުހަބާއެއް، ފައިސާގެ އިނާމުތަކެއް

15492187_1029617803816940_1950707872384488859_n.jpg

ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމު ތައްޓާއެކު އެރަށަށް ދިއުމުން އެރަށު ރައްޔިތުން ފެހިދޫލައިގެ މަރުހަބާއެއް ކިޔައި، ކުޅުންތެރިންނަށް ފައިސާގެ އިނާމުތަކެއް ދީފިއެވެ.

ރޭ އެރަށު ބަނދަރު ސަރަހައްދުގައި ޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޮންމެ ކުޅުންތެރިއެއްގެ ކަރުގައި މާފަތި އަޅުވައި ކުރުބާ ދީ ވަރަށް ދަންވަންދެން މަޖާނަގާފައިވެއެވެ. ގޮއިދޫގައި ހުރި އީވީގެ ރިޕޯޓަރ ބުނީ ރަށަށް ޓީމް އައުމާއެކު ރަށުގެ ރައްޔިތުން ޓީމަށް ކިޔާފައިވަނީ ވަރަށް ހޫނު ފެހި ދޫލައިގެ މަރުހަބާއެއް ކަމަށާ، ރަށުން ބޭރުން ޓީމާ ގުޅުނު ސައްޓުއާ، މަޖިއްޓޭއަށް ފައިސާގެ ބޮޑެތި އިނާމުތަކެއް އާންމު ރައްޔިތުން ރޭ ދިންކަމަށެވެ.

” ރަށަށް ޓީމު ފޭބުމާއެކު ރައްޔިތުންތައް ހީވީ ކެކި އަރައިގަތްހެން. ޓީމު ކުޅުންތެރިންގެ ގައިގައި ބައްދާ، ބޮސްދީ، މާފަތިއަޅުވާ. އުރާލައިގެން ކުޅުންތެރިން ގެންގުޅުނީ. ސައްޓުއާ، މަޖިއްޓޭއަށް ވަރަށް ގިނަ މީހުން ބޮޑެތި ފައިސާގެ އިނާމްތައް ދިން. އޭގެތެރޭގައި ހާހުން ފައިސާ ދިން މީހުންވެސް އުޅޭ.” އީވީ ރިޕޯޓަރ މަންޒަރު ސިފަކޮށްދެމުން ބުންޏެވެ.

ގޮއިދޫ ޓީމްގެ މެނޭޖަރ އަހްމަދު ރިޔާޒު ބުނީ އަންނަ ހުކުރު ދުވަހުގެރޭ ފުޓްބޯޅަ ޓީމަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ރައްޔިތުން ތައްޔާރުވަމުންދާކަމަށާ، ރަށަށް ބޮޑު އީދެއް އައިސްފައިވާކަމަށެވެ.

15492448_1029619243816796_8710363143558546045_n

“ފެހި ދޫލައިގެ މަރުހަބާއެއް ދެއްތޯ މިއަދު މިކީ. އަދި ނިމުނީއެއް ނޫން. ހުކުރު ދުވަހުގެރޭ ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ބޮޑު ރަސްމިއްޔާތެއް އޮންނާނެ. ބަށި ޓީމަށްވެސް އެރޭ ހާއްސަ މަރުހަބާއެއް ކިޔަން ހަމަޖެހިފައި އޮތީ، ހަފްތާއެއްހާދުވަހަށް މިސަކަރާތްގަނޑު ކުރިޔަށްދާނެ އަދި.” ފުޓްބޯޅައިގައި މިފަހުން ގޮއިދޫއަށް ލިބުނު ހުރިހާ ކާމިޔާބެއްގައި އެންމެ އިސްދައުރެއް އަދާކުރާ ރިޔާޒު އީވީއަށް ބުންޏެވެ.

ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2016 މުބާރާތުގެ ޗެންޕިއަންކަން ގޮއިދޫން ހޯދީ އިއްޔެ އޭދަފުށީގައި ކުޅެވުނު ފައިނަލް މެޗްގައި ފެހެންދޫއާ ވާދަކޮށް 1-0ން މެޗު ކާމިޔާބު ކޮށްގެންނެވެ. ޗެންޕިއަންކަމާއެކު ގޮއިދޫއަށް 50000ރުފިޔާވެސް ވަނީ ލިބިފައެވެ. މިއީ އަތޮޅު ފުޓްބޯޅަ ޗެލެންޖް ގޮއިދޫން ހޯދި 3 ވަނަ ފަހަރެވެ. ގޮއިދޫން ވަނީ ބ. އަތޮޅު ބަށި މުބާރާތްވެސް މިއަހަރު ކާމިޔާބުކޮށްފައެވެ.

15400338_1029630327149021_7200294783824543149_n

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top