ކުޑަރިކިލު ބަލިކޮށް ސެމީގެ ފަހުުޖާގައަށް ކިހާދޫ

Maanu-scred-d.jpg

ކިހާދޫއާއި ކުޑަރިކިލު ބައްދަލު ކުރި މެޗުގެ ތެރެއިން - ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ބ. ކުޑަރިކިލާއި ބައްދަލު ކޮށް 5-2 ގެ ނަތީޖާއި ކިހާދޫ މެޗް ކާމިޔާބު ކުުރުމުންކިހާދޫ އަށް ސެމީގެ ފަހުޖާގަ ލިބިއްޖެއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޅެ ނިމިފައިވާ އިރު ކިހާދޫގެ އިތުރުން ސެމީއަށް ގޮސްފައިވަނީ ގޮއިދޫ އާއި އޭދަފުއްޓާއި ދޮންފަނެވެ.

ގްރޫޕް އޭ ގެ އެއްވަނައިގާ އޮތީ ތިން މެޗްކުޅެގެން ނުވަ ޕޮއިންޓާ އެކު އޭދަފުއްޓެވެ. ދެވަނައިގާ އޮތީ ހަ ޕޮއިންޓާއެކު ދޮންފަނެވެ. ގްރޫޕް އޭ އިން ތިންވަނައިގާ އޮތީ މާޅޮހެވެ.

ގްރޫޕް ބީ ގެ އެއްވަނަ އިގެ ގޮތުގައި ކިހާދޫ އޮތްއިރު ދެ ވަނައިގާ އޮތީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫއެވެ. ތިން ވަނަ ލިބުނީ ކުޑަރިކިލަށެވެ.

މިއަދުގެ މެޗުގައި ކިހާދޫ ޓީމުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މި އަހަރު ދިވެހި ޕްރިމިއާ ލީގުގައި ފެހެންދޫ ޓީމަށް ކުޅުނު ހުސައިން އީމާން އެވެ. ކިހާދޫގެ ދެ ވަނަ ލަނޑު ޖެހީ މުހައްމަދު މާއިޝް އެވެ. ދެލަނޑު ޖަހައި ލީޑްގައި ހަމަޖެހިލައިގެން އޮއްވާ ކުޑަރިކިލު ޓީމުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލެއްޖަހާފައެވެ.

ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެ ކިހާދޫން ވަނީ އިތުރު ތިންލަނޑުޖަހައި ނަތީޖާގެ ފަރަގު ބޮޑު ކޮށްލާފައެވެ.

ދެވަނަ ހާފް ނިމެމުން ދަނިކޮށް ކުޑަރިކިލު ޓީމުވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އިތުރު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައިވަނީ ކިހާދޫ ޓީމުގެ ކެޕްޓަން އަދި މިމެޗުގައި ދެ ލަނޑު ޓީމަށް ހޯދައިދިން ކެޕްޓަން އީމާން އަށެވެ.

އަންނަ ހުކުރު ދުވަހު ސެމީ ފައިނަލްގެ މެޗްތައް ފަށާއިރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި އޭދަފުއްޓެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަކު ކުރާނީ ދޮންފަނާއި ކިހާދޫ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top