އުނގޫފާރަށް ދިޔަ ސަރުކާރުގެ ވަފްދު ކަރަންޓީން ނުވާތީ އިދިކޮޅުގެ ކަންބޮޑުވުން

IMG_5405.jpg

ރ. އުނގޫފާރުގައި ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އެރަށަށް ވަޑައިގަތް ސަރުކާރުގެ ވަފްދުގެ ބޭފުޅުން  ކަރަންޓީން ވެފައިނުވާތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން މި ދެޕާޓީ އިން ނެރުނު ބަޔާނުގައިވަނީ، އުނގޫފާރުން ކޯވިޑް ކޭސްތައް ފެނި މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނު ވުމަށް އަންގަމުންދާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ބައެއް މަޖިލިސް މެމްބަރުންވެސް ހިމެނޭގޮތަށް ގިނަ އަދަދެއްގެ ބޭފުޅުން މި މާރޗްމަހުގެ 8 ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާވެސް ބައްދަލުކޮށް އެރަށުގައި ހަރަކާތްތެރި ވެފައިވާކަމަށާ ނަމަވެސް އެބޭފުޅުން ކަރަންޓީނު ވާން ނާންގާތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވާ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އުނގޫފާރުގައި ކޯވިޑް 19 ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށްވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފައި އެހެން އަތޮޅުތަކުންވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާއިރު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް ގޮވާލާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top