މިއަދުގެ މެޗްގައި ޕްރެޝަރ އޮތީ އޭދަފުށީ ޓީމަށް – ކޯޗު ބައްޓޭ

12631488_566232906868788_6392924993193420880_n.jpg

އޭދަފުށި ޓީމްގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ). މިއަދުގެ މެޗްގައި ޕްރެޝަރ އޮތީ ޗެންޕިއަން އޭދަފުއްޓަށް ކަމުގައި އޭނާ ބުނި / ފޮޓޯ: އައްޑޫ އޮންލައިން

މިނިވަން ޗެންޕިއަންޝިޕް ފައިނަލް ބުރުގައި މިއަދު އޭދަފުއްޓާ، ކުޅުދުއްފުށި ބައްދަލުކުރާ މެޗްގައި ޕްރެޝަރ އޮތީ އޭދަފުށީ ޓީމަށް ކަމަށް އެޓީމްގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުނެފިއެވެ.

ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ބައްޓޭ ބުނީ އޭދަފުށީ ޓީމަކީ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމްކަމަށާ، ޗެންޕިއަންގެ ހައިސިއްޔަތުން ޕްރެޝަރު އޮތީ އޭދަފުށި ޓީމަށް ކަމަށެވެ. އެހެންނަމަވެސް އޭދަފުށި ޓީމް މިއަދުގެ މެޗަށް ނުކުންނާނީ މޮޅުވުމުގެ އަޒުމާއެކުކަމަށް ބައްޓޭ ބުންޏެވެ.

“ޗެންޕިއަންގެ ހައިސިއްޔަތުން ޕްރެޝަރ އެބައޮތް. ދެން އަޅުގަނޑުމެން ނުކުންނާނީ ހަމަ ރަނގަޅު ޓީމަކާއެކު. އިރާދަކުރެއްވިއްޔާ މިއަދުގެ މެޗް ހަމަ ކާމިޔާބު ކުރުމަށް އަޒުމް ކަނޑައަޅައިގެން” ބައްޓޭ ބުންޏެވެ.

ބައްޓޭ ބުނީ މިއަދުގެ މެޗަށް ނުކުންނައިރު ހިތްހަމަނުޖެހޭ ކަމަކަށް އޮތީ ޓީމް އެއްކޮށް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނުލިބުމުގެ މައްސަލަކަމަށެވެ. އަދި އިދިކޮޅުން ނުކުންނަ ކުޅުދުއްފުށީ ޓީމަކީވެސް ގަދަޓީމެއް ކަމަށާ، އެމީހުންގެ ހޯމް އެޑްވާންޓޭޖް މިއަދުމެޗްގައި އޮންނާނެކަމަށްވެސް އޭނާ ބުންޏެވެ.

“ކުޅުދުއްފުށި ޓީމަކީވެސް ގަދަޓީމެއް. އަނެއްކާ އެމީހުންގެ ހޯމް އެޑްވާންޓޭޖް ވެސް އޮންނާނެ. އެކަން އަޅުގަނޑުމެންގެ ޓީމާ މެނޭޖްމަންޓަށްވެސް އެނގި ތިބެގެން ތައްޔާރުވަމުން މިދަނީވެސް”

އޭދަފުށީ ޓީމް މިއަދު ކުޅުދުއްފުއްޓާ ދެކޮޅަށް ނުކުންނައިރު ކުޅުދުއްފުށި ސަޕޯޓަރުންނަކީ މިވަގުތު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ސަޕޯޓަރުންނެވެ. މިއަދުގެ މެޗްގައި އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް އޭދަފުށިން 50 މީހުންގެ ލާންޗެއް ކުޅުދުއްފުއްޓަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top