މޫސުމަށް ނުބަލާ ކަނޑުދަތުރުކުރާ މީހުންނާމެދު ފިޔަވަޅު އަޅާނަން – ޓްރާންސްޕޯޓް އޮތޯރިޓީ

medium_76973.jpg

އީދުބަންދާއި ގުޅިގެން ކަނޑުމަގުން ދަތުރުކުރާއިރު މޫސުމަށް ނުބަލާ ދަތުރުކުރާނަމަ އެފަރާތްތަަކާމެދު ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

އެއޮތޯރިތީއިން ނެރެ އާއްމުކޮށްފައިވާ ބަޔާނެއްގައިވަނީ މޫސުމަށް ނުބަލާ ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ނެވިންގެ ލައިސަންސް ހިފެހެއްޓުމާއި އުޅަނގުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓްކުރާ ފަރާތާމެދު ފިޔަވަޅު އަޅާނެކަމުގައެވެ.

ފާއިތުވެދިޔަ ދެތިން ދުވަހު ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގާފައިވާކަން ފާހަގަ ކުރަމުން އެބަޔާނުގައި ވަނީ އެމްއެންޑީއެފް ގެ ކޯސްޓްގާޑާއި މެރިން ޕޮލިސް އާއި ޓްރާންސްޕޯޓް އޮތޯރިޓީއިން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާއިރު ދަތުރުކުރާފަރާތްތައް އެކަންކަމަށް ނުބަލާކަމުގައެވެ.

ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރުު މޯލްޑިވްސް މިޓިއޮރޮޖިކަލް ސެންޓަރުން ބުނީ ކުރިއަށްއޮތް 24ގަޑިއިރުވެސް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަގާއި އުތުރުން ގަޑިއަކު 10މޭލާ 20މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15މޭލާ 25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 45މޭލާ 55މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމުގައެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި މެދުރާއްޖެތެރެއާ އުތުރަށް ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top