އީދުގެކުރިން އީދުކުޅިވަރުތައް ފަށައިފި

އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ތިންމުގޯލި މުބާރާތެއް މިއަދު ކުޅެވެމުން ދަނީ

އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ތިންމުގޯލި މުބާރާތެއް މިއަދު ކުޅެވެމުން ދަނީ

އަޟްހާއީދުގެ މުނާސަބަތުގައި ބާއްވަން ހަމަޖައްސާފައިވާ މުބާރާތްތަކާ ކުޅިވަރުތައް އީދުގެކުރިން އޭދަފުށީގައި ފަށައިފިއެވެ.

ވެހެމުން ދިޔަ ހިމަފޮދު ވާރޭގެތެރޭގައި މިއަދު އޭދަފުށީ ދެކުނުފަރާތު ހިއްކިބިމުގައި ކުޅިބަލާމީހުންގެ ބޮޑު ކްރައުޑަކާއެކު ތިން މުގޯލި މުބާރާތުގެ ފުރަތަމަ މެޗް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތުގެ މެޗްތައް ހާދަމާވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަންގާރަދުވަހު(ހައްޖުދުވަހުގެ ކުރީދުވަހު ) ދިވެހި މަހާރެހެންދީގެ ހަނދާނީ ވާދައިގެ ތައްޓަށްކުޅޭ ބަށިމުބާރާތް ފެށޭނެކަމަށް ޒުވާނުންގެ ކްލަބުން ބުނެއެވެ.

މި އަހަރުވެސް އޭދަފުށީގައި އީދާގުޅިގެން ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top