ސިވިލް ސާވަންޓުންނަށް ދެނީ މިނިމަމް ވޭޖް އެލަވަންސެއް

DHC_3304-1640772381057_s1ymxg.jpg

މިނިމަމް ވޭޖް އެލަވަންސާ ގުޅޭގޮތުން ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެނީ: -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަންނަ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖު ދިނުމަށް “މިނިމަމް ވޭޖު އެލަވަންސް”ގެ ނަމުގައި އެލަވަންސެއް ތައާރަފްކޮށްފިއެވެ.

އެލަވަންސް ކަނޑައަޅައި ނިމިފައިވާއިރު އެލަވަންސްގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ލިބޭނީ 1917 ރުފިޔާ އެވެ.

ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިމަމް ވޭޖާއެކު ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް ވަނީ ހާމަ ކޮށްފައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ މުވައްޒަފުންގެ މުސާރައަށް މިނިމަމް ވޭޖު އެލަވަންސް ލައި، ބޮޑުކޮށްދިނުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެލަވަންސް ކަނޑައެޅިފައިވަނީ އެ މުވައްޒަފަކަށް ލިބޭ މުސާރައަށް ބެލުމަށްފަހުގައި ކަމަށްވުމާއެކު، އެ މުވައްޒަފެއްގެ ވަޒީފާގެ ރޭންކުގެ ގޮތުން މުސާރައިގައި ފަރަގުތަކެއް ހުންނާނެ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިނިމަމް ވޭޖު އެލަވަންސާއެކު 11،828 މުވައްޒަފުންގެ މުސާރަ ބޮޑު ވެގެންދާނެ ކަމަށެވެ.

މީގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް 1،500ރ. ގެ އިތުރުވުމެއް ލިބޭނެ އެވެ. އަދި 1،000ރ. ގެ އިތުރުވުމެއް 35 ޕަސެންޓް މުވައްޒަފުންނަށް، 500ރ. ގެ އިތުރުވުމެއް 11 ޕަސެންޓް އަދި 500ރ. އަށް ވުރެ ދަށް އަދަދެއް 4 ޕަސެންޓް މުވައްޒަފުންގެ މުސާރައިން ފެންނާނެ އެވެ.

މި ބަދަލުތަކާ އެއްގޮތަށް އަންނަ ޖެނުއަރީ މަހުގެ މުސާރައާއެކީ އެލަވަންސް ޖަމާކުރަން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެކަމަކު ހުރިހާ މުވައްޒަފުންގެ މައުލޫމާތުތައް މެނުއަލީ ބަލަން ޖެހޭތީ އެ މަސައްކަތް ދިގުލައިގެން ގޮސްދާނެ ކަމަށް އެ ކޮމިޝަނުގެ ޖެނެރަލް ސެކެޓްރީ އަބްދުﷲ ސައީދު ވިދާޅުވި އެވެ.

“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޖެނުއަރީ 15 ގެ ކުރިން ހުރިހާ މުވައްޒަފުންނަށް މުސާރައަށް އައި ބަދަލުތައް އަންގައިދޭން،” އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top